Advertisement

އިސްލާހުތަކުން ހައްލު ލިބޭ ކަމަށް ބުނެ ދޮގު ހެދުމަށް ފަހު ނޫސްވެރިންގެ ޕެޓިޝަން ބޭރުކޮށްލައިފި

16 ސެޕްޓެންބަރު 2025 - 13:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނޫސްވެރިން މަޖިލީހަށް ހުށަހަޅަނީ


އިސްލާހުތަކުން ހައްލު ލިބޭ ކަމަށް ބުނެ ދޮގު ހެދުމަށް ފަހު ނޫސްވެރިންގެ ޕެޓިޝަން ބޭރުކޮށްލައިފި

16 ސެޕްޓެންބަރު 2025 - 13:51 0

ސަރުކާރު އަޑީގައި އޮވެ މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހަޅަފައި އޮތް ބިލު ބޭރުކޮށްލަން އެދި ގިނަ ނުކުތާތަކެއް ހިމަނައި 150 ނޫސްވެރިން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ހައްލު ލިބޭ ކަމަށް ބުނެ ދޮގު ހަދައި އެ ޕެޓިޝަން މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މިނިވަން މުއައްސަސަތާ ބެހޭ ކޮމިޓީއިން ބިލަށް އިސްލާހު ގެނެސް ބިލު ފާސް ކުރިއިރު، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓް ކުރާ ހަތް މެންބަރުންގެ ކޮމިޝަނުގައި ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރާ ތިން މެންބަރު ތިބޭ މާއްދާއަކަށް ބަދަލެއް ނުގެނެ އެވެ.

އެ ބިލު ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީގެ އިއްތިފާގުންނެވެ. މިއަދު ކޮމިޓީއަށް ބައެއް ބަދަލުތަކެއް ވެސް ގެނަ އެވެ. ބިލުގެ ވޯޓަށް އެހުމުން ނޫސްވެރިން ނުރުހުން ފާޅުކުރީ މަޖިލީހަށް ހުށަހަޅާފައި އޮތް ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް އަހާތީ އެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ނޫސްވެރިންގެ ޕެޓިޝަން ބޭރުކުރަން ހުށަހެޅީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު އެވެ. ފާސްކުރީ ޕެޓިޝަން ކޮމިޓީގައި އޮންނަ ޕީއެންސީގެ މެޖޯރިޓީގެ އަގުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

"އެ ބޭފުޅުން ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމުގެ ފަރުވާ އަޅުގަނޑުމެން ހުށަހެޅި އިސްލާހުތަކާ އެކީ ލިބިގެން ގޮސްފައިވާ ކަމަށް ދަންނަވަން،" ޕެޓިޝަނަށް ޖަވާބު ދޭން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިއްޔެ ހުށަހެޅުއްވި އެވެ.

ޕެޓިޝަނުގައި ހުރި އެއްވެސް ކަމަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ހައްލެއް ނުލިބެ އެވެ. އިތުރަށް ބިލު ވަނީ ހަރުކަށި ކޮށްފަ އެވެ.