13 ސެޕްޓެންބަރު 2025 - 12:03 0
ލީވާން އަލީ ނާސިރު
13 ސެޕްޓެންބަރު 2025 - 12:03 0
ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު މިރޭ ހުޅުމާލެއިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދު ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ބިދޭސީއެއްގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓާ އަދި ރިޒްލާ ފެނިފައިވާ ކަމަށެވެ.
އޭގެއިތުރުން އެ ބިދޭސީ މީހާ އަތުން 53،000ރ. އަދި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ބޮކްސްއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ސައްދާމު ހޮސައިން، 32 އެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
Comment