Advertisement

ދިރާގުން އިންތިޒާމުކުރި ސީމީވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ރާއްޖޭގައި ބާއްވައިފި

12 ސެޕްޓެންބަރު 2025 - 17:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގުން އިންތިޒާމުކުރި ސީމީވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ރާއްޖޭގައި ބާއްވައިފި

12 ސެޕްޓެންބަރު 2025 - 17:19 0

ދިރާގުން އިންތިޒާމްކޮށްގެން ސީމީވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ރާއްޖޭގައި ބާއްވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދު އިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެކެވެ.

އެ ޒަމާނީ ކޭބަލް ސިސްޓަމްގެ ސަބަބުން ހައި ސްޕީޑް އިންޓަރނެޓް އަދި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބިގެންދާނެ އެވެ.

ދިރާގުގެ އެ ބޮޑު އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާ، މެދު އިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި ޑިޖިޓަލް އިގްތިސާދައް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގްތިސޯދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ސީމީވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެ އެވެ.

އެ ކޮންސޯޓިއަމްގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން)، ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް (ބީއެސްސީސީއެލް، ބަންގްލަދޭޝް)، ބާރްތީ އެއާޓެލް (އިންޑިއާ)، ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް، (ޗައިނާ ޔުނިކޮމް)، ޖިބޫޓީ ޓެލެކޮމް، މައިކްރޮސޮފްޓް (އެމެރިކާ)، މޮބިލީ (ސައޫދީ އަރަބިއްޔާ)، އޮރެންޖް (ފްރާންސް)، ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު)، ސްރީލަންކާ ޓެލެކޮމް، ޓެލެކޮމް އިޖިޕްޓް، ޓެލެކޮމް މެލޭޝިއާ، ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެ އެވެ.