Advertisement

ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުނުވާން ސަރުކާރުން އިންޒާރުކޮށްފި

11 ސެޕްޓެންބަރު 2025 - 19:35 1

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ބަޔަކު: ރާއްޖޭގެ އާބާދީގެ 26 ޕަސެންޓަކީ ބިދޭސީން -- ފޮޓޯ: އަދަދު ފައިލް


ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުނުވާން ސަރުކާރުން އިންޒާރުކޮށްފި

11 ސެޕްޓެންބަރު 2025 - 19:35 1

ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވެއްޖެ ނަމަ ގާނޫނުގައި ބުނާ ގޮތަށް އެ ބަޔަކު ޖޫރިމަނާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު އެފަރާތްތަކާމެދު އިހުމާލުވެއްޖެ ނަމަ 50،000 އާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށެވެ.

މިނިސްޓްރީ އިން ބުނެފައި ވަނީ އެ ޖޫރިމަނާތައް ކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ޖޫރިމަނާ ދައްކައި ހަލާސް ކުރުމުން މެނުވީ، އެކްސްޕަޓް ޕޯޓަލުގެ ހިދުމަތް އަލުން ނުދެވޭނެ ކަމަށެވެ.

ބިދޭސީންނާމެދު އިހުމާލުވެ، ބިދޭސީން ހިއުމަން ޓްރެފިކް ކުރާ މައްސަލަ ދިވެހިރާއްޖޭގައި ވަރަށް ބޮޑެވެ. އެކަން ހުއްޓުވަން އެކަށީގެންވާ ގޮތެއްގައި ރާއްޖެއިން މަސައްކަތް ނުކުރެވޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

ވަޒީފާ ދޭނެ ކަމަށް ބުނެ ރާއްޖެ ގެނެސް ދޫކޮށްލުމާއި ވައުދުވާ ވަޒީފާ ނޫން އެހެން ވަޒީފާ ދިނުމާއި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ގެންގުޅުމާއި ޕާސްޕޯޓު ހިފެހެއްޓުމާއި މުސާރަ ނުދިނުމަކީ ބިދޭސީންނަށް އާންމުކޮށް ދިމާވާ ކަންކަމެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި 132,371 ބިދޭސީން ދިރިއުޅެ އެވެ. އެކަމަކު، އަންޑޮކިއުމެންޓެޑް މަސައްކަތްތެރީންގެ އަދަދު އެއަށް ވުރެ މާ ގިނަވާނެ ކަމަށް ބެލެވެ އެވެ.

ރަސްމީ ހިސާބަށް ބެލި ނަމަވެސް 132,371 އަކީ ދިވެހިރާއްޖޭގެ އާބާދީގެ 26 ޕަސެންޓެވެ. ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރެއިން ވެސް 40 ޕަސެންޓު މީހުންނަކީ ބިދޭސީންނެވެ.