Advertisement

އައިޖީއެމްއެޗުން ދެ ޓެސްޓެއް ހަދަން ބޭނުންވާ ރީއެޖެންޓްސް ހުސްވެއްޖެ

9 ސެޕްޓެންބަރު 2025 - 12:04 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުން ދެ ޓެސްޓެއް ހަދަން ބޭނުންވާ ރީ-އެޖެންޓްސް ވަނީ ހުސްވެފައި -- ފޮޓޯ: ރައީސް އޮފީސް


އައިޖީއެމްއެޗުން ދެ ޓެސްޓެއް ހަދަން ބޭނުންވާ ރީއެޖެންޓްސް ހުސްވެއްޖެ

9 ސެޕްޓެންބަރު 2025 - 12:04 1

ސަރުކާރު މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެ ޓެސްޓެއް ހެދުމަށް ބޭނުންވާ ރީ-އެޖެންޓްސް ހުސްވެއްޖެ އެވެ.

އަދަދު އަށް އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި އައިޖީއެމްއެޗުން ހުސްވީ ޓޯޓަލް ބިލިރުބިން އަދި ސިރަމް ޕްރޮޓީން ޓެސްޓު ހެދުމަށް ބޭނުންވާ ރީއެޖެންޓްސް އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު އަދަދު އަށް ވިދާޅުވީ އެ ދެ ޓެސްޓު ހެދުމަށް ބޭނުންވާ ރީ-އެޖެންޓްސް ހުސްވުމާ ގުޅިގެން ޓެސްޓުތައް ހަދަނީ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވައިގެންނެވެ.

"ޓެސްޓު ނެހެދެނީކީ ނޫން. ޓެސްޓު ހަމަ ހެދޭ. މިހާރު މާލެ ސިޓީ ގްރޫޕްގެ ދަށުގަތާ ހުރިހާ ހޮސްޕިޓަލްތަކެއް ހުރީ. ދެން އަޅުގަނޑުމެންގެ މި ދެ ޓެސްޓުގެ އައިޖީއެމްއެޗްގެ ސްޓޮކް ޑިޕްލީޓްވެފައި ހުރީމަ އަޅުގަނޑުމެން މި ޓެސްޓުތައް މި ހަދަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.

ރައްޒާގު އިތުރަށް ވިދާޅުވީ އެ ދެ ޓެސްޓު ހެދުމަށް ބޭނުންވާ ރީ-އެޖެންޓްސްތައް އިރުއޮއްސޭއިރު ލިބުމާއެކު އެ ޓެސްޓުތައް އަލުން އައިޖީއެމްއެޗުން ހެދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ރީ-އެޖެންޓްސްތަކަށް ދުރާލައި އޯޑަރު ކުރި ނަމަވެސް، އެކި ސަބަބުތަކާ ހެދި ލަސްވެގެން ނުލިބުނީ ކަމަށެވެ.

ނަމަވެސް އެ ޓެސްޓުތައް ހަދަންޖެހޭ ހުރިހާ ޕޭޝަންޓުންނަށް ޓެސްޓުތައް ހެދޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން އާންމުކޮށް ހައްދާ ދެ ޓެސްޓެއްގެ ރީ-އެޖެންޓްސް ހުސްވެފައި މިވަނީ ޕޭޝަންޓުންނަށް ޕްރިސްކްރައިބްކުރާ ގިނަ ބޭސްތަކެއް ވެސް ނުލިބޭ ކަމަށް ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.