Advertisement

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހަކު ދޫކޮށްލައި، ވަޒީފާއިން ވަކިކުރަން ނިންމައިފި

7 ސެޕްޓެންބަރު 2025 - 09:55 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހުންގެ ވަޒީފާގައި އުޅޭ ޝިޔާޒާ: އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައި -- ފޮޓޯ: ފުލުހުން


މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހަކު ދޫކޮށްލައި، ވަޒީފާއިން ވަކިކުރަން ނިންމައިފި

7 ސެޕްޓެންބަރު 2025 - 09:55 2

ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިދިޔަ ޖުލައި މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުހުންގެ ވަޒީފާގައި އުޅޭ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 31، ދޫކޮށްލައި، އޭނާ ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އަދަދު އަށް ވިދާޅުވީ އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.

"އޭނާ މިހާރު ހުރީ ބަންދުން ދޫކޮށްލާފައި. ޑިސިޕްލިނަރީ ބޯޑުން ވަނީ ވަޒީފާއިން ވަކިކުރަން ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި ޝިޔާޒާއާއެކު ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހްމަދު، 26, ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ވެސް ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެ އެވެ.

މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުން ދަނީ ތަަހުގީގު ކުރަމުންނެވެ.