Advertisement

ކޮލިފައިންގައި އިންގްލެންޑަށް ޖެހިޖެހިގެން ހަތަރު ވަނަ މޮޅު

7 ސެޕްޓެންބަރު 2025 - 08:24 0


ކޮލިފައިންގައި އިންގްލެންޑަށް ޖެހިޖެހިގެން ހަތަރު ވަނަ މޮޅު

7 ސެޕްޓެންބަރު 2025 - 08:24 0

ބާމިންހަމް، އިންގްލެންޑް (ސެޕްޓެމްބަރު 7) - އެންޑޯރާ އަތުން 2-0 އިން ކުރިހޯދައި، އިންގްލެންޑުން ވޯލްޑް ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ހަތަރު ވަަނަ މެޗުން މޮޅުވެއްޖެ އެވެ.

ކޮލިފައިން ގްރޫޕް ކޭގައި އިންގްލެންޑް އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސާބިއާ އަށް ތިން މެޗުން ހަތް ޕޮއިންޓް، ތިން ވަނައިގައި އޮތް އަލްބާނިއާ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް، ހަޔަރު ވަނައިގައި އޮތް ލެޓްވިއާ އަށް ހަތަރު މެޗުން ހަތަރު ޕޮޮއިންޓް އަދި ފުލުގައި އޮތް އެންޑޯރާ އަށް ހަަތަަރު މެޗުން ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފަ އެވެ.

ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑުން ލީޑުނެގީ، 24 ވަނަ މިނިޓްގަ އެވެ. މިއީ އެންޑޯރާގެ ކްރިސްޓިއަން ގާސިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އިންގްލެންޑްގެ ނޯނީ މަޑުއޭކޭ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ގާސިއާ އަތުން ވަނީ ބައިކޮޅަށެވެ.

މެޗުގެ 67 ވަނަ މިނިޓްގައި، ރީސް ޖޭމްސްގެ ހުރަހަކުން އިންގްލެންޑްގެ ދެ ވަނަ ލަނޑު ޖެހީ ޑެކްލަން ރައިސް އެވެ. މެޗުގައި އިންގްލެންޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެންނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި ނަމަވެސް، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނީ، ދުނިޔޭގެ ރޭންކިން 174 ވަނައިގައި އޮތް އެންޑޯރާ އިން ވެސް މި މެޗުގައި ރަނގަޅު ކަންތައްތަކެއް ކުރި ކަމަށެވެ.

އިންގްލެންޑުން ދެން ކުޅޭ މެޗުގައި އަންގާރަ ދުވަަހުގެރޭ ސާބިއާއާ ބައްދަލުކުރާނެ އެވެ.