Advertisement

މެސީގެ ދެ ގޯލާ އެކު އާޖެންޓީނާ އަށް މޮޅެއް

5 ސެޕްޓެންބަރު 2025 - 07:41 0


މެސީގެ ދެ ގޯލާ އެކު އާޖެންޓީނާ އަށް މޮޅެއް

5 ސެޕްޓެންބަރު 2025 - 07:41 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ސެޕްޓެމްބަރު 5) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ލިއޮނަލް މެސީގެ ދެ ގޯލާ އެކު، އާޖެންޓީނާ އިން 3-0 އިން ވެނެޒުއޭލާ ބަލިކޮށްފި އެވެ.

މި މެޗަކީ، މެސީ، އަށް ވަރަށް ހާއްސަ މެޗެކެވެ. މިއީ އާޖެންޓީނާ ޖޯޒީގައި ވޯލްޑް ކަޕް ކޮލިފައިންއެއްގައި މެސީ އެ ގައުމުގައި ކުޅުނު ފަހު މެޗެވެ. އެހެންވެ، ގިނަ އަދަދެއްގެ ސަޕޯޓަރުން ރޭގެ މެޗުގައި މެސީ އަށް ބޮޑު ތަރުހީބެއް ދިނުމުގައި ބައިވެރިވި އެވެ.

ރޭގެ މެޗުގައި، އާޖެންޓީނާ އިން ލީޑުނެގީ 39 ވަނަ މިނިޓްގައި ޖޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން މެސީ ޖެހި ގޯލުންނެވެ. މި ލަނޑާ އެކު، މެސީ ވެގެންގޮސްފައިވަނީ، ފާއިތުވި 20 އަހަރު ތެރޭ ކޮންމެ އަހަރެއްގައި އާޖެންޓީނާ އަށް އެ ގައުމުގައި ލަނޑު ޖަހައިިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކޮށްފައިވާ އާޖެންޓީނާ އިން ދެ ވަަނަ ހާފުގައި އިތުރު ދެ ގޯލު ޖެހިއިރު، 76 ވަނަ މިނިޓްގައި ދެ ވަަނަ ލަނޑު ޖެހީ ނިކޯ ގޮންޒާލޭޒް ދިން ބޯޅައަކުން ލައުޓާރޯ މާޓީނޭޒް އެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، ތިއާގޯ އަލްމާޑާ ދިން ބޯޅައަކުން މެސީ ވަނީ އޭނާގެ ދެ ވަނަ އަދި އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ކޮލިފައިންގައި ބްރެޒިލުން ކުޅުނު މެޗުގައި، 3-0 އިން ޗިލީ ބަލިކުރި އެވެ، މެޗުގައި، ބްރެޒިލުން ލީޑުނެގީ 18 ވަނަ މިނިޓްގައި އެސްޓެވާއޯ ވިިލިއަން ޖެހި ގޯލުންނެވެ. މިއީ ސީނިއާ ޓީމަށް އޭނާގެ ފުރަތަމަ ގޯލެވެ. ބްރެޒިލުން އަނެއް ދެ ލަނޑު ޖެހީ ދެ ވަަނަ ހާފުގެ ހަތަރު މިނިޓް ތެރޭގަ އެވެ. އެ ގޮތުން، 72 ވަނަ މިނިޓްގައި، ލޫކަސް ޕަކޭޓާ ލަނޑު ޖެހިއިރު، ހަތަރު މިނިޓް ފަހުން، ބްރޫނޯ ގިމާރޭސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ދެކުނު އެމެރިކާ ކޮލިފައިންގައި ރޭ ކޮލަމްބިއާ އިން 3-0 އިން ބޮލިވިއާ ބަލިކުރިއިރު، ހަމަ އެ ނަތީޖާ އިން އުރުގުއޭ އިން ވަނީ ޕެރޫގެ މައްޗަށް ކުރިހޯދައިފަ އެވެ.