5 ސެޕްޓެންބަރު 2025 - 06:24 1
ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ ކުރެހުމެއް
5 ސެޕްޓެންބަރު 2025 - 06:24 1
އދ. ދިގުރަށުގައި އިމާރާތްކުރާ މިސްކިތަށް "މަސްޖިދުލް ސާލިހް" ގެ ނަމުން ނަން ދޭން އުޅޭތީ އިސްލާމިކް މިނިސްޓްރީން އެކަމާ ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ދިގުރަށް މިސްކިތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ ދިގުރަށުގައި އޮތް އެމްޑީޕީ ކައުންސިލުން ބޭނުންވަނީ މިސްކިތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޒުނަ ނެތި އެމަނިކުފާނަށް ނިސްބަތްކޮށް މިސްކިތަށް ނަން ކިޔަން ކަމަށެވެ.
"ދިގުރަށުގައި އޮންނަނީ އެމްޑީޕީ ކައުންސިލެއް. އެމީހުން ބޭނުންވަނީ މިސްކިތަށް ރައީސް ސޯލިހަށް ނިސްބަތްކޮށް ނަން ކިޔަން. ރައީސް ސޯލިހުގެ އިޒުނަ ނެތި އަޅުގަނޑުމެންނަށް ހުއްދަ ނުދެވޭނެ ދޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސޯލިހަށް ނިސްބަތްކޮށް ދިގުރަށުގެ މިސްކިތަށް ނަމެއް ކިޔަން އެމަނިކުފާނު ވެސް ބޭނުންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ދިގުރަށް ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އަދަދު އަށް ވިދާޅުވީ މިސްކިތަށް މަސްޖިދުލް ސާލިހް ކިޔަން ކައުންސިލުން ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އެންމެ ގިނަ މީހުން އެ ނަން ކިޔަން ހިޔާލު ހުށަހަޅާފައިވާތީ ކަމަށެވެ.
Comment