Advertisement

ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ ފުރަތަމަ މޮޅު ޕަަޓިނާ މޯލްޑިވްސް އަށް

4 ސެޕްޓެންބަރު 2025 - 12:31 0


ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ ފުރަތަމަ މޮޅު ޕަަޓިނާ މޯލްޑިވްސް އަށް

4 ސެޕްޓެންބަރު 2025 - 12:31 0

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ފުރަތަމަ މޮޅު، ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑުން ހޯދައިފި އެެވެ.

އެ ގޮތުން، ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން ޕަޓިނާ މޯލްޑިވްސް އިން ވަނީ އޮބްލު ނޭޗާ ހެލެންގެލި އަތުން 4-0 އިން މޮޅުވެފަ އެވެ. މި މެޗުގައި، ޕަޓިނާގެ ލަނޑުތައް ޖެހީ މާދިހު ވަޖީހު ދެ ގޯލާއި މުހައްމަދު ޝާހީ އަދި އިބްރާހިމް ވަޖީހު ގޯލެކެވެ. މި ގްރޫޕްގައި ދެން އޮތީ ހުވަފެންފުށި އެވެ.

މި ޒޯނުގައި އިއްޔެ ދެން ކުޅެވުނީ، ގްރޫޕް އޭގައި ރިޒް ކާލްޓަން އާއި އޮބްލު ސެލެކްޓް ސަންގެލިގެ މެޗެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ރިޓްޒް ކާލްޓަން އިން ސަމާހު ފާއިޒުގެ ގޯލުން ލީޑުނެގި އެވެ. އޮބްލު ސެލެކްޓް ސަންގެލިގެ ގޯލު ޖެހީ މުހައްމަދު ޝައުފާން އެވެ. މި ގްރޫޕްގައި ދެން އޮތީ ޖޯއި އައިލެންޑް އެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ނޯތު މާލެ ޒޯންގައި ޓީމުތައް ބެހިފައިވަނީ، ހަ ގްރޫޕަކަށެވެ. ފުރަތަމަ ފަސް ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި، ތިން ޓީމު ހިމެނޭއިރު، ހަ ވަނަ ގްރޫޕްގައި ހަތަރު ޓީމު ވާދަކުރެ އެވެ.

ގްރޫޕް އޭގައި ރިޓްޒް ކާލްޓަން، ސަންގެލި އަދި ޖޯއި އައިލެންޑް ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ، ޕަޓިނާ، ހެލެންގެލި އަދި ހުވަފެންފުށި އެވެ. ގްރޫޕް ސީގައި ހިމެނެނީ، ރީތި ރަށް، ޖުމެއިރާ އަދި ތާޖު ކޮރަލް އެވެ. ގްރޫޕް ޑީގައި ހިމެނެނީ ބަރޮސް، ސެންޓާރާ އަދި ބޮޑު ހިތި އެެވެ. ގްރޫޕް އީގައި އޮބްލު އެކްސްޕީރިއަންސް، ކުޑަ ހުރާ އަދި އޯގާ ހިމެނޭއިރު، ގްރޫޕް އެފްގައި އޮތީ ބަނޑޮސް، ސަމާ އައިލެންޑް، އަމީންގިރި އަދި ވަރު އެވެ.