3 ސެޕްޓެންބަރު 2025 - 05:21 7
މޯލްޑިވްސް ޖޫނިއާ އޯޕަންގެ ސެމީ ފައިނަަލަށް ދަތުރުކުރި ރިވައިވަލްގެ ޒަޔާން ޒަކީ، ހަސަން ޒަޔާން، ނިބާލް އަދި ހައިޝަމް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
3 ސެޕްޓެންބަރު 2025 - 05:21 7
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުން ރިވައިވަލްގެ ހަތަރު ކުޅުންތެރިން ކަަމަށްވާ ޒަޔާން ޒަކީ، ހަަސަން ޒަޔާން، ނިބާލް އަހުމަދު އަދި ހައިޝަމް އިބްރާހިމް އަލީ ޖާގަ ހޯދައިފި އެވެ.
ފިރިހެން ސިންގަލްސް ކުރިއަށްދިޔައީ އަށް ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ކުއާޓާ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަކޮށް ދިޔައީ، ނިބާލް އާއި ފިލިޕީންސްގެ ކައިލް އެޑްރިއަލް ބަސީލިއޯ ކުޅުނު މެޗެެވެ. މި މެޗުގައި ފުރަތަމަ ސެޓު، ކައިލް ވަނީ 16-21 އިން ގެންގޮސްފަ އެވެ. އެކަމަކު، ނިބާލް ވަނީ ވަރުގަދަ ހިތްވަރެއް ދައްކައި ދެން ކުޅުނު ދެ ސެޓުން ވެސް މޮޅުވެ، މި މެޗު ކާމިޔާބުކޮށްފަ އެވެ. ނިބާލް، ދެން ކުޅުނު ދެ ސެޓު ގެންދިޔައީ، 21-17، 21-18 އިންނެވެ.
ސެމީ ފައިނަލުގައި ނިބާލާ ދެކޮޅަށް ކުޅޭ، ހައިޝަމް ކުއާޓާގައި މޮޅުވީ ރިވައިވަލްގެ އާދަމް މަހީން އަތުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-19، 21-14 އިންނެވެ.
ޒަޔާން ޒަކީ ވެސް ކުއާޓާ ފައިނަލުގައި ކުޅެފައިވަނީ، ރިވައިވަލްގެ ކުޅުންތެރިއަކާ ދެކޮޅަށެވެ. ހޫދު ބިން ހާމިދު އަތުން ޒަޔާން ޒަކީ މޮޅުވީ ދެ ސެޓު ވެސް، 15-08 އިން ގެންގޮސްގެންނެވެ. ޒަޔާން ޒަކީ، ސެމީ ފައިނަލުގައި ކުޅޭނީ ހަސަން ޒަޔާންއާ އެވެ. ހަސަން ޒަޔާން ވަނީ ކުއާޓާ ފައިނަލުގައި، އައްޔޫބު އަޒްހަރު މުހައްމަދު އަތުން 21-11، 21-11 އިން ސެޓުތައް ގެންގޮސް މޮޅުވެފަ އެވެ.
ސެމީ ފައިނަލް ދެ މެޗު ވެސް ކުޅެން ހަަމަޖެހިފައިވަނީ މިރޭ އެެވެ.
ޖުމްލަ އެކު، 347 ކުޅުންތެރިން ފެނިގެންދާނެ، މޯލްޑިވްސް ޖޫނިއާ އޯޕަންގައި 700 އަށް ވުރެން ގިނަ މެޗު ކުޅެވިގެންދާނެ އެވެ. މި މުބާރާތުގައި، ރާއްޖެ ހިމެނޭހެން އަށް ގައުމެއްގެ ކުޅުންތެރިން ވާދަކުރެ އެވެ.
Comment