2 ސެޕްޓެންބަރު 2025 - 11:23 0
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް
2 ސެޕްޓެންބަރު 2025 - 11:23 0
ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ޗައިނާގެ ޓިއަންޖިންގައި ގައި މިހާރު ކުރިއަށްދާ އެސްސީއޯ ސަމިޓުގެ ތެރެއިން އިއްޔެ ބޭއްވި އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށެވެ.
އަދި، އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ދިޔުން މުއިއްޒު އިއްޔެ ވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހުޅަނގުގެ ގައުމުތަކާއި ހިލާފަށް ޗައިނާ އަކީ ފަލަސްތީނަށް ވާގިވެރިވާ ގައުމެކެވެ.
އެސްއީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވާ ދެ ގައުމު ދެމެދު ރަސްމީ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.އެ ޖަމިއްއްޔާ އުފެއްދީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment