Advertisement

ހުލާސާކޮށް އިއްޔެ: އެމްޔޫ މަނިކު އަވަހާރަވުން

31 އޮގަސްޓު 2025 - 06:20 0

ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)


ހުލާސާކޮށް އިއްޔެ: އެމްޔޫ މަނިކު އަވަހާރަވުން

31 އޮގަސްޓު 2025 - 06:20 0

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އުމުރުފުޅުން 78 އަހަރުގައި އަވަހާރަވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، އެމްޔޫ މަނިކު އަވަހާރަަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ޖުލައި މަހު ފަހުކޮޅު ސިންގަޕޫރަށް ގެންގޮސް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް ހޮނިހިރު ދުވަހު ހެނދުނު 6:30 އެވެ.

އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

އެމްޔޫ މަނިކު ފަސްދާނުލެއްވީ ސިންގަޕޫރުގަ އެވެ. އަދި އިއްޔެ އިއްޔެ ހަވީރު އަސުރު ނަމާދަށް ފަހު މާލޭގެ އިސްލާމީ މަރުކަޒުގައި އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކަށުނަމާދުގައި ޣައިބަށް ކަށުނަމާދުކުރުން އޮތެވެ. އެ ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ޔުނިވާސަލް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ވިސްނުންތެރިކަމާއި، ވަފާތެރިކަމާއި، ތެދުވެރިކަން ފާހަގަކޮށް އެތައް ޖީލެއްގެ ވިޔަފާރިވެރިން އޭނާގެ ހަނދާން ކުރަނީ ފުން ލޯތްބަކާއި އިހްތިރާމާ އެކުގައި ކަމަށެވެ.

"[އެމްޔޫ މަނިކަކީ] ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އުފެދި ކުރިއަރައި ދިއުމުގައި އޭނާއަކީ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. އަޅުގަނޑުމެން ހަނދާންކުރަނީ، އޭނާގެ ތަރިކަ ވަކި ތާރީޚަކަށް ނުވަތަ ތަނަކަށް ހާއްސަ ނުކުރެވޭނެ މީހެއްގެ ގޮތުގައި،" ޔުނިވާސަލްގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީ، އެމްޔޫ މަނިކު ވެސް ބައިވެރިވެވަޑައިގެން، 1972 ގައި އުފެއްދެވި އޭޖެންސީއެކެވެ.

ކުރުނބާ މޯލްޑިވްސް ނުވަތަ ކ. ވިހަމަނާފުށީގައި ހުޅުވި 30 ކޮޓަރީގެ ރިސޯޓަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓެވެ. އެއީ އެމްޔޫ މަނިކުގެ ހިޔާލާއި ލަފާގެ މަތިން ތަރައްގީ ކުރި ރިސޯޓެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފަސް ތަރީގެ ފުރަތަމަ ރިސޯޓެވެ.

އެމްޔޫ މަނިކަކީ ރާއްޖެއިން ބޭރުން ޓޫރިސްޓުން ގެނައުމާއި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަނެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް އިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގަ އެވެ. އެއީ ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ފުވަފެންފުށި މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް އާއި ދިގަލި މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.

ޓޫރިޒަމް ވިޔަފާރިތައް ތަމްސީލު ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ވެސް އެމްޔޫ މަނިކު އިސްނަގަވައިގެން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ޗެއާމަންކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްގެ ޗެއާމަންކަން ވެސް 10 އަހަރު ދުވަހު އެމްޔޫ މަނިކު ފުރުއްވި އެވެ. އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ ޖެނުއަރީ 28, 2024 ގަ އެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަސައްވުރު ބައްޓަންކޮށް ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ދެމެހެއްޓެނިވި އަޒުމާއި، އުފެއްދުންތެރި ހިދުމަތްތަކާއި، ދާއިރާއަށް ކެނޑިނޭޅި ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން ދާއިރާގެ ކުރިއެރުމަށް މަގުފަހިވެ، އެތައް ކާމިޔާބެއް ރާއްޖޭން ވަނީ ހޯދާފަ އެވެ.

ޓޫރިޒަމްގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ. ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް އެމްޔޫއަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:47
  • އިރުއަރާ 05:59
  • މެންދުރު 12:10
  • އަޞްރު 15:16
  • މަޣްރިބް 18:14
  • ޢިޝާ 19:26

މުހިއްމު ބައެއް ހަބަރު