29 އޮގަސްޓު 2025 - 14:11 0
29 އޮގަސްޓު 2025 - 14:11 0
އިސްތަންބޫލް، ތުރުކީ (އޮގަސްޓް 29) - ޖެހިޖެހިގެން ދެ ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ކުރި މަސައްކަތުގައި ނާކާމިޔާބުވުމުން، ފެނަބާޗޭގެ ކޯޗުކަމުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އިސްތިއުފާދީފި އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކޮލިފައިން އިން ފެނަބާޗޭ ބަލިވީ ފްރާންސްގެ ލިލް އަތުންނެވެ. މި ފަހަރުގެ ކޮލިފައިންގައި، ފެނަބާޗޭ ކެޓީ ޕޯޗުގަލްގެ ބެންފީކާ އަތުން ބަލިވުމުންނެވެ. ފެނަބާޗޭ އިން ބުނީ، މޮރީނިއޯ، 62، އެ ކްލަބްގެ ކޯޗުގެ މަގާމު ދޫކޮށްލާފައިވާ ކަމަށާއި އޭނާ އަށް ކާމިޔާބަށް އެދޭ ކަމަށެވެ.
ތަފާތު ހަތަރު ގައުމެއްގެ ލީގު ޗެމްޕިއަންކަން ހޯދާފައިވާ މޮރީނިއޯ، މިދިޔަ އަހަރު ޖޫން މަހު ފެނަބާޗޭއާ ހަވާލުވެ، މިވީ އަހަރަކަށް ވުރެން ދުވަސްތެރޭގައި، އެ ގައުމުގެ ފުޓްބޯޅައިގައި ގިނަ މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.
އެ ގޮތުން، މިދިޔަ ފެބްރުއަރީ މަހު، ފެނަބާޗޭ އާއި ގަލަތަސަރާއިއާ ކުޅުނު މެޗުގައި، މޮރީނިއޯ، ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ މޭރުމަކުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ސަބަބުން މޮރީނިއޯ ވަނީ އަބުރަށް ގެއްލުން ލިބުނު ކަމަށް ބުނެ، ގަލަތަސަރާއިއާ ދެކޮޅަށް 50،000 އެއްހާ ޑޮލަރު ހޯދަން މައްސަލަ ހުށަހަޅައިފަ އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ފެނަބާޗޭ އަށް ބަދަލުވެ، އެއް އަހަރަށް ފަހު އެ ޓީމު ދޫކޮށްލިއިރު، މިދިިޔަ ސީޒަން ތެރޭ އަހުލާގީ މައްސަލައެއްގައި ތިން މެޗުގެ ސަސްޕެންޝަނެއް އަ އެވެ. ތުރުކީގެ ސުޕަ ލީގުގައި ގަލަސަތަރާއިގެ ކޯޗު، އޮކާން ބުރުގެ ނޭފަތުގައި ހިފުމުން މޮރީނިއޯ ސަސްޕެންޑް ކުރަން ނިންމައި، ފަހުން އެ އަދަބު ކުޑަކުރި އެެވެ.
ފެނަބާޗޭ އަކީ މޮރީނިއޯ ކޯޗުކޮށްދިން 10 ވަނަ ކްލަބެވެ. ކުރިން، ބެންފީކާ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އިންޓަ މިލާން، ޓޮޓެންހަމް ހޮޓްސްޕާސް، ޕޯޓޯ، ރޯމާ އަދި އުނާއީ އަށް ކޯޗުކޮށްދިން މޮރީނިއޯ ގެންދަން އިޓަލީ ގައުމީ ޓީމުން ވެސް މަސައްކަތްކުރި އެވެ.
Comment