Advertisement

ހުލާސާކޮށް އިއްޔެ: އިސްލާމްދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ މެންބަރުން ވެސް ހައްޔަރުކޮށް ދައުވާ އުފުލޭނެ

29 އޮގަސްޓު 2025 - 07:00 0

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ މާލަން. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ހުލާސާކޮށް އިއްޔެ: އިސްލާމްދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ މެންބަރުން ވެސް ހައްޔަރުކޮށް ދައުވާ އުފުލޭނެ

29 އޮގަސްޓު 2025 - 07:00 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އިސްލާމްދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ ހައްޔަރުކޮށް ދައުވާ އުފުލޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. އަލީ ސަވާދު ވިދާޅުވި އެވެ.

އެކްސްގައި ސަވާދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބައެއް ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް ވިދާޅުވެ ފަލާހު ދެއްކެވުމުން ވެސް މަޖިލިސް މެންބަރުންނަށް ލިބިދޭ އިމްތިޔާޒާއި ބާރުގެ ދަށުން އޭނާއަށް ހިމާޔަތް ލިބޭތޯ ސުވާލު އުފައްދަވައިފަ އެވެ.

"މީހުންގެ އަބުރު ކަތިލާ ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވުމުން ވެސް މަޖިލީހުގެ އިމްތިޔާޒުގެ ދަށުން ހިމާޔަތް ލިބޭނެތޯ؟ އިސްލާމްދީނުގެ އަސްލަކާ ހިލާފަށް ވޯޓެއް ދެއްވިޔަސް ބިލެއް ހުށަހެޅުއްވިޔަސް ވާހަކައެއް ދެއްކިޔަސް މަޖިލިސް މެންބަރުން ހާޒިރުކޮށް، ހައްޔަރުކޮށް ތަހުގީގުކޮށް ދައުވާ ވެސް އުފުލޭނެ،" ސަވާދު ވިދާޅުވި އެވެ.

މަޖިލިސް ގަވާއިދުގެ 64 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮޮންނަނީ މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަން ޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވެ ކަމަށެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "އިސްލާމްދީނުގެ އަސްލު" ވަރަށް ތަފުސީލުކޮށް މާނަ ކޮށްދީފައިވެ އެވެ.

ސަވާދު ވިދާޅުވީ މީހުންނަށް ލާއިންސާނީ އަދަބު ދިނުމާ ދެކޮޅަށް ދީނީ އެތައް ފަތުވާއެއް ނެރެފައިވާ ކަމަށެވެ. އަދި އެކަމަކީ ނަހީ ކުރައްވާފައިވާކަން ބަޔާން ކުރައްވައި ރަސޫލާ ހަދީސް ވެސް ކުރައްވާފައިވާ ކަމަށް ސަވާދު ވިދާޅުވި އެވެ.

"ކޮންމެ މީހެއްގެ ވެސް އާއިލާ އާއި ނަމާއި އަބުރު ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް، އަދި ކުރަން ވެސް ޖެހޭ ކަމެއް، އެކަމަކު އެއީ އަދި އެހެން ބަޔަކަށް ލާއިންސާނީ އަދަބު ދިނުމަށް ގޮވައިލަން ލިބޭ ލައިސެންސެއް ނޫން،" ސަވާދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:47
  • އިރުއަރާ 05:59
  • މެންދުރު 12:11
  • އަޞްރު 15:18
  • މަޣްރިބް 18:15
  • ޢިޝާ 19:27

މުހިއްމު ބައެއް ހަބަރު