Advertisement

ޖޮކޮވިޗް ދެކޭގޮތުގައި ގްރޭންޑް ސްލޭމްގެ އިނާމް ފައިސާ އަދިވެސް އިތުރުކުރެވޭނެ

24 އޮގަސްޓު 2025 - 11:56 0


ޖޮކޮވިޗް ދެކޭގޮތުގައި ގްރޭންޑް ސްލޭމްގެ އިނާމް ފައިސާ އަދިވެސް އިތުރުކުރެވޭނެ

24 އޮގަސްޓު 2025 - 11:56 0

ބެލްގްރޭޑް، ސާބިއާ (އޮގަސްޓް 24) - ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގައި އަދިވެސް ފައިސާގެ އިނާމް އިތުރު ކުރެވޭނެ ކަމަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

ޓެނިސް ސީޒަނެއްގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް ކުރިއަށްދެ އެވެ. އެއީ، އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން އެވެ.

މީގެ ތެރެއިން، އަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ކުރިއަށްދާ ގްރޭންޑް ސްލޭމް މުބާރާތަކީ، ޔޫއެސް އޯޕަން އެވެ. އެ މުބާރާތް މިއަދު ފަށާއިރު، އިނާމް ފައިސާ ވަނީ 20 ޕަސެންޓް އިތުރުކޮށްފަ އެވެ. މި ބަދަލާ އެކު، ޖުމްލަ 90 މިލިއަން ޑޮލަރުގެ ފައިސާ އިނާމްގެ ގޮތުގައި ބަހާނެ އެވެ.

ޔޫއެސް އޯޕަންގެ ފިރިހެން ޗެމްޕިއަަނަށް ފަސް މިލިއަން ޑޮލަރު ލިބޭއިރު، އަންހެން ޗެމްޕިއަނަށް އެއް މިލިއަން ޑޮލަރު ދޭނެ އެވެ.

ސައުވީސް ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް، 38، ބުނީ، ޔޫއެސް އޯޕަން އިން ފައިސާގެ އިނާމް އިތުރުކުރަން ނިންމި ނިންމުމަކީ، ފައިސާގެ އިނާމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ރަނގަޅު މިސްރާބަކަށް ދާ ކަމުގެ ހެއްްކެއް ކަމަށެވެ.

"މިއީ އަަހަރެމެން އެންމެން ވެސް ބޭނުންވާ ގޮތް، އަދިވެސް އަހަރެމެން ދެކޭގޮތުގައި، ފައިސާގެ އިނާމް އިތުރުކުރެވޭނެ،" ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް ވަނީ ހަތަރު ފަހަރު ޔޫއެސް އޯޕަން ތަށި ހޯދައިފަ އެވެ. އެއީ، 2011، 2015، 2018 އަދި 2023 އެވެ.