Advertisement

އޯޕެންއޭއައިގެ އޮފީހެއް އިންޑިއާގައި މި އަހަރު ހުޅުވަނީ

24 އޮގަސްޓު 2025 - 11:14 0


އޯޕެންއޭއައިގެ އޮފީހެއް އިންޑިއާގައި މި އަހަރު ހުޅުވަނީ

24 އޮގަސްޓު 2025 - 11:14 0

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ޗެޓްޖީޕީޓީގެ ޕޭރެންޓް ކުންފުނި އޯޕެންއޭއައިގެ އޮފީހެއް އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި މި އަހަރު ހުޅުވުމަށް ނިންމައިފި އެވެ.

މައިކްރޯސޮފްޓްގެ އެހީތެރިކަމާ އެކު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެ ކުންފުނީގެ އޮފީސް އިންޑިއާގައި ހުޅުވުމަށް ބޭނުންވާ ހުއްދަތައް ނަގައި މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އިންޑިއާއަކީ ޗެޓްޖީޕީޓިއަށް މުހިންމު މާކެޓެކެވެ. މި މަހުގެ ތެރޭގައި އެ ޗެޓްޖީޕީޓީން ވަނީ އެ ކުންފުނިން ނެރުނު އެންމެ އަގުހެޔޮ ސަބްސްކްރިޕްޝަން ޕެކޭޖު އިންޑިއާގެ މާކެޓުގައި ލޯންޗުކޮށްފަ އެވެ. އިންޑިއާގައި އިންޓަނެޓް ބޭނުންކުރާ އެއް ބިލިއަނަށް ވުރެ ގިނަ މީހުން އެބިތިއްބެވެ.

ޗެޓްޖީޕީޓީއަށް ވަނީ އިންޑިއާގައި ބައެއް ގާނޫނީ ހުރަސްތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެ ގައުމުގެ ބައެއް މީޑިއާތަކާއި ފޮތް ޕަބްލިޝް ކުރާ ކުންފުނިތަކުން ވަނީ ހުއްދަ ނުހޯދައި އެ ތަންތަނުގެ ކޮންޓެންޓް ޗެޓްޖީޕީޓީން ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

ގޫގުލްގެ ޖެމިނައިއޭއައި އަދި ޕާޕްލެކްސިޓީން ވެސް އަންނަނީ އިންޑިއާގެ މާކެޓުގައި ގަދަކުރަމުންނެވެ. އެ ދެ ކުންފުނިން ވެސް ވަނީ ބައެއް އެޑްވާންސްޑް ޕްލޭންތަކަށް ފައިސާ ނުދައްކައި ސަބްސްކްރައިބް ކުރެވޭނެ ގޮތް ހަދާފަ އެވެ.

އެންމެ ގިނައިން ޗެޓްޖީޕީޓީ ބޭނުންކުރާ ދަރިވަރުން ވެސް ތިބީ އިންޑިއާގަ އެވެ. ޗެޓްޖީޕީޓީ ބޭނުންކުރާ ދަރިވަރުންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ހަތަރު ގުނަ އިތުރުވެފަ އެވެ.