Advertisement

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު މުއިއްޒު އާއި ސާޖިދާ އުތީމަށް

24 އޮގަސްޓު 2025 - 08:59 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު: މާލޭގައި ގައުމީ ދުވަހުގެ ދިދަ ނެގުމަށްފަހު މުއިއްޒު އާއި ސާޖިދާ އުތީމަށް ވަޑައިގެންނެވީ މިއަދު ހެދުނު --- ފޮޓޯ: ރައީސް އޮފީސް


ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު މުއިއްޒު އާއި ސާޖިދާ އުތީމަށް

24 އޮގަސްޓު 2025 - 08:59 1

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ހއ. އުތީމަށް ފުރާވަޑައިގެންފި އެވެ.

ދައުލަތުގެ ވެރިން ބައިވެރިވެޑައިގެން ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު 6:00 ގަ އެވެ. ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް މި އަހަރު ކުރިއަށްގެންދާނީ އުތީމުގަ އެވެ.

މުއިއްޒުގެ ދަތުރުގެ ތެރެއިން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އުތީމުގައި އަލަށް އިމާރާތްކުރާ 'ބޮޑުތަކުރުފާނު ގޭޓު' ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން، އުތީމު މުހައްމަދު ތަކުރުފާނު ދިވެހިން ސަލާމަތް ކޮށްދެވުން ފާހަގަކުރުމަށެވެ. އެ ޖިހާދު ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.

އުތީމަށް ވަޑައިގަތުމުގެ ކުރިން މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންގެ ބެލެހެއްޓުމާއެކު އުތީމު ގަނޑުވަރަށް 500 އަހަރުވެފައިވާތީ، ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު، އެ ރަށުގެ ރައްޔިތުންނަށް އެރުވުމަށް ނިންމަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ހާއްސަ ޝަރަފު އުތީމަށް އެރުވުމަށް މުއިއްޒު ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމަށް، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. ރަސްމީކޮށް އެ ޝަރަފު އަރުވާނީ މިއަދު ބާއްވާ ޖަލްސާގަ އެވެ.