Advertisement

މާލެ ސިޓީ ކައުންސިލުން ހަދާފައި ވަނީ ކިތައް ތައްގަނޑު ކަމެއް، ދީފައި އޮތީ ކޮން ބަޔަކަށް ކަމެއް އެނގޭކަށް ނެތް: އާޒިމް

22 އޮގަސްޓު 2025 - 20:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާލެ ސިޓީ ކައުންސިލުން ހަދާފައި ވަނީ ކިތައް ތައްގަނޑު ކަމެއް، ދީފައި އޮތީ ކޮން ބަޔަކަށް ކަމެއް އެނގޭކަށް ނެތް: އާޒިމް

22 އޮގަސްޓު 2025 - 20:06 0

މާލެ ސިޓީ ކައުންސިލުން ތައްޔާރު ކޮށްފައި ވަނީ ކިތައް ތައްގަނޑު ކަމެއް އަދި އެ ތައްގަނޑުތައް ދޫކޮށްފައި ވަނީ ކޮން ބަޔަކަށް ކަމެއް އެނގެން ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުގެ އާ ތައްގަނޑެއް ހަދަން މިހާރު ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެ ތައްގަނޑުތައް މި ހަފުތާ ތެރޭގައި ލިބޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ކައުންސިލުގެ ތައްގަނޑު ކިތައް ތައްގަނޑު ކަމެއް ކައުންސިލުގައި ހަދާފައި އޮތީ، ކިތައް ތައްގަނޑު ކަމެއް ކޮން ބަޔަކަށް ކަމެއް ދީފައު ހުރީ އެނގޭކަށް ނެތް، އެހެންވީމާ އަޅުގަނޑު އިންނާނެ ޕަބްލިކްލީ ކައުންސިލުގައި ހިއްސާ ކޮށްފައި ވާނެ އޮންނާނެ ކައުންސިލްގެ ތައްގަނޑި މިސްވެފައި ވާތީ އާ ތައްގަނޑެއް ހަދަން..." އާޒިމް ވިދާޅުވި އެވެ.

"އާ ތައްގަނޑެއް މިހާރު އަޅުގަނޑުމެން ހަދަން ދީފައި ވާނީ، އަޅުގަނޑަށް ހީވަނީ މި ހަފުތާ ތެރޭގައި އާ ތައްގަނޑުތައް ލިބޭނެހެން."

އާޒިމް އެހެން ވިދާޅުވެފައި މިވަނީ މާލެ ސިޓީ ކައުންސިލުގެ ރަސްމީ ތައްގަނޑެއް ވަގަށް ބޭނުން ކުރަމުންދާކަމުގެ ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ސިޓީ ކައުންސިލުގެ ތައްގަނޑު ޖަހާފައިވާ ބައެއް ލިޔެކިޔުން ހިފައިގެން އެކި މީސްމީހުން ސިޓީ ކައުންސިލަށް އަންނައިރު، އަމިއްލައަށް ތައްޔާރު ކޮށްފައިވާ ލިޔުންތަކުގައި ސިޓީ ކައުންސިލުގެ ވަގު ތައްގަނޑު ޖަހާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.