Advertisement

ކާނުތައް ސާފުކުރަން ފެށިފަހުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވިއްޖެ: އާޒިމް

22 އޮގަސްޓު 2025 - 11:38 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް:-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކާނުތައް ސާފުކުރަން ފެށިފަހުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވިއްޖެ: އާޒިމް

22 އޮގަސްޓު 2025 - 11:38 0

ފެން ހިންދާ ބޮޑެތި ޕަންޕުތައް ގެނެސް ޖައްސައި ކާނުތައްް ސާފު ކުރުމުގެ މަސައްކަތް ކުރަން ފެށި ފަހުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަދަދު އިން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ 500 އެއްހައި ގެއަށް މީގެ ކުރިން ފެން ވަދެ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. ނަމަވެސް މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށި ފަހުން އެ މައްސަލަ މުޅީންހެން ހައްލުވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މި ކުރެވުނު މަސައްކަތުން ގެތަކަށް ފެން ވަނުން ހުއްޓުވިއްޖެ. އެހެންވީމާ މީހުންނަށް މިހާރު ދަންވަރު ގަޑީގައި ވާރޭވެހޭއިރުގައި ތެދުވެގެން ފެން ހިންދަން އުޅޭކަށް ނުޖެހޭނެ މިހާރަކު، މިއީ 20 އަކަށް 15 އަހަރު މާލެ ރައްޔިތުން އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ބޮޑު ދަތިކަމެއް، އުނދަގޫކަމެއް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ކާނުތައް ސާފު ކުރުމަކީ މީގެ ކުރިން އެއްވެސް އިރެއްގައި ކުރިކަމެއް ނޫން ކަމަށެވެ. ކާނުތައް ސާފު ކުރުމަށް މަތިތައް ނެގިއިރު، ހުރީ ފުރި ބާރުވެފައި ކަމަށް އާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިހާރު 70 ޕަސެންޓު އަޅުގަނޑުމެންނަށް ކަވާވެފައި މިހުރީ، ކާނު ސާފު ކުރުމާއި ޕަންޕުތައް އެހުރީ ޖެއްސިފައި. މިއަދު އަޅުގަނޑުމެންނަށް އެންމެފަހުން އެންމެ ބޮޑަށް ވާރޭވެހުނު ދުވަހު އަޅުގަނޑުމެންނަށް އައީ އެންމެ ކޯލެއް، އެއީ ވެސް ފެން ވަދެދާނެ ކަމަށް އައި ކޯލެއް،" އާޒިމް ވިދާޅުވި އެވެ.

މާލޭގައި ފެން ހިންދާ ނިޒާމުތައް ހަރުކުރަން އެކި ދުވަސްވަރު އެކި ސަރުކާރުތަކުން މަޝްރޫއުތައް ހިންގާފައި ވެ އެވެ. އެ ގޮތުން އަމީނީ މަގާއި މާފަންނުގައި އާންމުކޮށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ޕަމްޕު ސްޓޭޝަންތައް ހަރުކޮށް، ފެން ހިންދާ ނިޒާމުތައް ގާއިމުކޮށްފައި ވެ އެވެ.