Advertisement

ސައުތުގޭޓް އަށް ޕޮލެންޑްގެ އޮފާ އެއް އޮތް ކަމެއް ނޭނގޭ

21 އޮގަސްޓު 2025 - 07:35 0


ސައުތުގޭޓް އަށް ޕޮލެންޑްގެ އޮފާ އެއް އޮތް ކަމެއް ނޭނގޭ

21 އޮގަސްޓު 2025 - 07:35 0

ލަންޑަން (އޮގަސްޓް 21) - މި އަހަރުގެ ކުރީކޮޅުގައި އޭނާ އަށް ޕޮލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފާއެއް އެބައޮތް ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައް އައި ގޮތެއް އޭނާ އަށް ވެސް ނޭނގޭ ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު، ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓް، 54، އިންގްލެންޑްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވީ، ޖެހިޖެހިގެން ދެ ވަނަ ޔޫރޯގެ ފައިނަލުން އިންގްލެންޑް ގޮވައިގެން ބަލިވުމުންނެވެ. އޭގެ ފަހުން، ޓީމަކާ ހަވާލުނުވެ ހުރި ސައުތުގޭޓަށް ގިނަ ޓީމުތަކެއްގެ އޮފާ ލިބުނެވެ. އެ ގޮތުން، މި އަހަރު ސައުތުގޭޓާއި ޕޮލެންޑާ ގުޅޭގޮތުން، މީޑިއާގައި ވާހަކަތަކެއް ދެކެވުނެވެ.

ޕޮލެންޑްގެ ކޯޗަކަށް މިޝަލް ޕްރޮބިއާޒް ހުއްޓައި، ދެން ގައުމީ ޓީމަށް ނުކުޅޭނެކަަމަށް، އެ ޓީމުގެ ތަރި، ރޮބަޓް ލެވަންޑޯސްކީ ނިންމައި، ގައުމީ ޓީމު ބޮއިކޮޓްކުރުމާ އެކު، ޕްރޮބިއާޒް މަގާމުން އިސްތިއުފާ ދިނީ މިދިޔަ ޖޫން މަހު އެވެ. އެ ދުވަސްވަރު، ސައުތުގޭޓަށް ޕޮލެންޑްގެ އޮފާ އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

"އަހަރެން ތި ފަދަ ވާހަކަތަކަށް ހޭނިފައި މި ހުރީ، މީޑިއާގައި ވަރަށް ވާހަކަ ދެކެވޭނެ. ދެން، ޕޮލެންޑްގެ ވަޒީފާ، އަހަންނަށް އެބައޮތް ކަމަށް މީޑިއާގައި ދެކެވުނު ވާހަކަ އަކީ އަހަންނަށް ވެސް ހައިރާންކަން ލިބިގެންދިޔަ ކަމެއް،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަން އަށް އަހަރު ކުރި ސައުތުގޭޓް ވަނީ ބައިނަލްއަޤްވާމީ ހަތަރު މުބާރާތުގައި އެ ޓީމަށް އިރުޝާދު ދީފަ އެވެ. ޖުމްލަ 102 މެޗުގައި އޭނާ ވަނީ އިންގްލެންޑަށް އިރުޝާދު ދީފަ އެވެ. އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރުމަށް ފަހު، ސީނިއާ ޓީމުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ކުޅުނެވެ.