Advertisement

މުއިއްޒުއާ ގުޅޭ ޖޯކެއް ފޭސްބުކްގައި ލިޔުމުން އއ. އަތޮޅު ކައުންސިލުގެ އެސްޖީ ސަސްޕެންޑުކޮށްފި

20 އޮގަސްޓު 2025 - 13:45 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މުއިއްޒުއާ ގުޅޭ ޖޯކެއް ފޭސްބުކްގައި ލިޔުމުން އއ. އަތޮޅު ކައުންސިލުގެ އެސްޖީ ސަސްޕެންޑުކޮށްފި

20 އޮގަސްޓު 2025 - 13:45 4

ރައީސް މުހައްމަދު މުއިއްޒުއާ ގުޅޭ ޖޯކެއް ފޭސްބުކްގައި ލިޔުމުން އއ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝަފީގު މިދިޔަ ހޯމަ ދުވަހު ސަސްޕެންޑުކޮށްފި އެވެ.

ޝަފީގު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މުއިއްޒު ރަސްދޫއަށް ވަޑައިގަންނަވާއިރު ރިބަން ކަނޑަން ވަރު ހުންނާނެތީ އެކަމަށް ސްކޫލް ކުދިން ސަމާލުވުމަށް އެދިފަ އެވެ. އެގޮތުން ސްކޫލް ކުދިން ކައިރިން ގޮސްފިއްޔާ ބޮލުގައި ޖަހާފައި އިންނަ ރިބަންކޮޅު ވެސް ކަނޑައިލަފާނެނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"މުއީޒު ރަސްދޫއަށް އަރާއިރު، ސްކޫލްކުދިން ވިސްނައިގެން ހިނގާތި. ރިބަން ކަނޑަން ވަރަށް ވަރުހުންނާނެ. ކައިރިން ގޮސްވިއްޔާ، ބޮލުގައި ޖަހާފައި އިންނަ ރިބަންކޮޅު ކަނޑާލަފާނެ. ސަމާލުވުމަށް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޝަފީގު ވަނީ މި ސަރުކާރާއި މުއިއްޒުއަށް ފާޑުކިޔައި ގިނަ ޕޯސްޓްތަކެއް ފޭސްބުކްގައި ކޮށްފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ޝަފީގު ސަސްޕެންޑުކުރީ އެ ކޮމިޝަނުގެ ގާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލާތީ ކަމަށް ބުނެ އެވެ.

އޭނާ ސަސްޕެންޑުކުރީ އޮގަސްޓް 18، އިން ފެށިގެން ސެޕްޓެމްބަރު 17، ގެ ނިޔަލަށް އޮފީހަށް ނުނިކެމެވޭ ގޮތަށެވެ. އެކަމަކު އެ މުއްދަތުގައި އޭނާއަށް މުސާރަ ލިބޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.