17 އޮގަސްޓު 2025 - 14:52 0
17 އޮގަސްޓު 2025 - 14:52 0
މިއާމީ، އެމެރިކާ (އޮގަސްޓް 17) - ޕްރޮފެޝަނަލް ކެރިއަރުގައި 875 ގޯލް ހަމަކުރި އެންމެ ހަގު ކުޅުންތެރިޔަކަށް، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ ވެއްޖެ އެވެ.
މެސީ، ސީނިއާ ފުޓްބޯޅަ ކެރިއަރުގައި، ޖުމްލަ އެކު، 900 ގޯލު ހަމަކުރަން ކައިރިވެފައިވާއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަނީ 1000 ގޯލު ހަމަކުރަން މަސައްކަތް ކުރަމުންނެވެ.
މި ސީޒަނުގައި މިއާމީއާ އެކު ރަަނގަޅު ފޯމެއްގައި ކުޅެމުން އަންނަ، މެސީ އޭނާ ކެރިއަރުގެ 875 ވަނަ ގޯލު ޖެހީ މިއާމީ އިން ގެލަކްސީގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކުރި ހޯދި މެޗުގަ އެވެ.
އަނިޔާއިން ސަލާމަތްވެ، މި މެޗަށް މެސީ ނުކުތީ ދެ ވަނަ ހާފުގަ އެވެ. މި މެޗުގައި މިއާމީގެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ، ޖޯޑީ އަލްބާ، މެސީ އަދި ލުއިސް ސުއަރޭޒް އެވެ. ގެލަކްސީގެ ހަމައެކަނި ގޯލު ޖެހީ ޖޯސެފް އެވެ.
އިންޓަ މިއާމީ އަށް ކުރިއަށް ދެން އޮތީ، ލީގު ކަޕުގައި ޓިގްރެސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
މެސީ ވަނީ ބާސެލޯނާ އަށް 672 ގޯލު، އާޖެންޓީނާ އަށް 112 ގޯލު، ޕީއެސްޖީ އަށް 32 ގޯލު އަދި އިންޓަ މިއާމީ އަށް 59 ގޯލު ޖަހައިދީފަ އެވެ.
Comment