16 އޮގަސްޓު 2025 - 20:33 2
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: އެންސްޕާއިން އެންމެ ގިނަ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް -- ފޮޓޯ: މިރާން ނާޝިމް/އަދަދު
16 އޮގަސްޓު 2025 - 20:33 2
މި ސަރުކާރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ބޭސް ފަރުވާ ހޯދި މީހުންގެ ބިލުތަކަށް ނުދައްކައި ހުރި ފައިސާގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މާލިއްޔަތު ކޮމިޓީން މިއަދު ހާމަކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަ އެންސްޕާ އާއި އާސަންދަ މައްސަލައިގެ ރިޕޯޓުގައިވާ ގޮތުގައި، މިއީ ނޮވެމްބަރު 17، 2023 އިން ފެށިގެން މިދިޔަ އަހަރުގެ ޖުލައި 22، އާ ދޭތެރޭގައި އައި އިތުރުވުމެކެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހޮސްޕިޓާތަކާއި ކްލިނިކުތަކަށް ދައްކަން ޖެހޭ ފައިސާ ހިމެެނެ އެވެ.
ކޮމިޓީ ބައްދަލުވުމުގައި މި ރިޕޯޓު ކިޔަމުން ދިޔަ ވަގުތު އެންސްޕާއިން ވަކިވަކި ތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތަފުސީލުތައް ރިޕޯޓުގައި ހިމެނިފައިވާނެ ކަމަށް އިދާރީ މޭޒުން ބުންޏެވެ.
އަދަދު އަށް ލިބިފައިވާ މީގެ ބައެއް ތަފުސީލުތަކުގައިވާ ގޮތުގައި، އެހާތަނަށް އެންސްޕާއިން ފައިސާ ނުދައްކާ ހުރީ:
މަޖިލީހުން އެއްކުރި މައުލޫމާތުން ދައްކާ ގޮތުގައި މި ސަރުކާރުން ހަވާލުވީއިރު އެންސްޕާގެ ޕެންޑިންގައި ހުރީ 491 މިލިއަން ރުފިޔާގެ ބިލުތަކެވެ. އެ ފަހުން 872 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ނުދައްކައި ހުރި ބިލުތަކުގެ އަދަދު ވަނީ 663 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިހާރު ނުދައްކައި ހުރި އަދަދަކީ ކިހާ ވަރެއް ކަމެއް އެ ރިޕޯޓުގައި ނެތެވެ.
ނުދައްކައި ހުރި ބިލުތަކުގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން ފިނޭންސުގައި ސުވާލުކުރުމުން، އެ މިނިސްޓްރީން ވަނީ މި އަހަރުގެ ބަޖެޓުން އެކަނި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އާސަންދަ އާއި އެންސްޕާގެ ބިލުތަށް ދައްކަން ހަރަދުކޮށްފައިވާ ކަަމަށް ބުނެފަ އެވެ.
އެންސްޕާ އާއި އާސަންދައިގެ ހަރަދުތައް ބޮޑުވާ މައްސަލައިގައި ކޮމިޓީ ރިޕޯޓުގައި ވަނީ މުޅި ސިއްހީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ސިއްހީ ހިދުމަތް ފޯރުކޯށްދިނުމުގައި ވަށާޖެހޭ ނިޒާމަކަށް ބޭނުންވާ ގިނަ އުސޫލުތައް ނެތް މައްސަލަ ފާހަގަކުރި އެވެ.
މިފަދަ އުސޫލުތައް ނެތުމުގެ ސަބަބުން ކޮންސަލްޓޭޝަންތަކުގެ އަގު މަތިކޮށް، ކޮންމެހެން ހަދަން ނުޖެހޭ ބޭކާރު ޓެސްޓުތައް ހެދުމަށް ފަހިވެފައިވާ ކަަމަށް ރިޕޯޓުގައި ބުންޏެވެ. އަދި މިއީ ދައުލަތުގެ ސިއްހީ ވެލްފެއާ ނިޒާމުގެ ހަރަދު ބޮޑުވާން ސީދާ މެދުވެރިވާ ސަބަބެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އޭގެ އިތުރުން ބޭހުގެ އަގުގެ މައްސަލަ އާއި ބޭހުގެ ސްޓޮކް ބެލެހެއްޓޭނެ ގޮތެއް ނެތުމުގެ އިތުރުން ބޭސް ރަޖިސްޓްރީ ކުރުމުގައި ހަމަހަމަކަމެއް ނެތް ކަމަށް ރިޕޯޓުގައި ބުންޏެވެ. ހަމަ އެގޮތަށް އެންސްޕާއިން މާލީ އެހީތެރިކަން ދިނުމުގައި ވެސް ރަނގަޅު އުސޫލުތަކެއް، ހަމަހަމަކަމެއް ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ކޮމިޓީން މި މައްސަލަ ބަލަން ފެށީ ސަރުކާރުން ދައްކަން ޖޭހެ 251 މިލިއަން ރުފިޔާގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރަމުންދާ ކަމަށް ބުނެ އޭޑީކޭ ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ތެރެއިން ކޮމިޓީން ވަނީ ވެލްފެއާ ނިޒާމު ހިންގާ އެންސްޕާ އާއި އާސަންދައިގެ މައްސަލަ ބަލަން ނިންމާފަ އެވެ.
އާސަންދަ އާއި އެންސްޕާގެ ހަރަދު ބޮޑުވެ، އިސްރާފުގެ ގޮތުގައި ލީކުވަމުންދާ ފައިސާގެ މައްސަލަ ހައްލުނުވާއިރު، މި ސަރުކާރުން ވެސް ވަނީ އެ ތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރަން ފިޔަވަޅު އަޅަން ފަސްޖެހިފަ އެވެ. އެ ގޮތުން މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން އަަޅަން ބުނި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މި ނިޒާމާ ގުޅޭ މައްސަލަތަކުގެ މާ ބޮޑު ބަޔެއް ތަންފީޒެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment