about 16 hours 2
އަމަން ހަލީމް
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު: ތަރައްގީއަށް ހަރަދުނުކުރުމުން އިގުތިސޯދު ފުޅާވާން ހުރި ފުރުސަތުތައް ހަނިވާ ކަމަށް ވިދާޅުވި ---
about 16 hours 2
ތަރައްގީއަށް ހަރަދުނުކޮށް ބަޖެޓު ޑެފިސިޓު ކުޑަކޮށްގެން މިހާރު ފައިދާތަކެއް ލިބުނަސް، މުސްތަގުބަލުގައި މީގެ ނުރަނގަޅު އަސަރު އިގުތިސޯދަށް ކުރާނެ ކަމަށް އިގުތިސޯދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަހުމަދު އެކްސްގައި ވިދާޅުވީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، ހަރަދު ކުރީ 6.8 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ބަޖެޓު ކުރި ވަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ޑެފިސިޓު ކުޑަކުރި ގޮތާ މެދު އަހުމަދު ފާހަގަކުރި މައްސަލައަކީ ރިކަރަންޓު ހަރަދުތަކަށް އެއްވެސް ބަދަލެއް ނައުމެވެ. މީގެެން އަންގައިދެނީ، އޭނާ ވިދާޅުވި ގޮތުގައި، ބަޖެޓަށް ގެނައި އެޖަސްޓްމަންޓެއް ވިއްޔައި ގެނައި ހަރަދުތައް އިސްލާހުކުރުމުގެ ބަދަލުގައި ތަރައްގީ މަޑުޖައްސާލައިގެން ކަމެވެ.
"މީގެ ސަބަބުން ކުރު ރާސްތާގެ ހަމަޖެހުން ރައްކާތެރިކުރެވުނު. ދުރު ރާސްތާގެ ކުރިއެރުމުގެ ފުރުސަތުވީ ހަނި" އަހުމަދު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓު ހުރީ ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓުގަ އެވެ.
މިއީ ފަސް އަހަރުގެ ތެރޭގައި މި އަމާޒަށް ވާސިލުވެވުނު ފުރަތަމަ ފަހަރު ކަމަށް ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި، މިދިޔަ އަހަރުގެ ބަޖެޓަކީ ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާ ނިންމާލި ފުރަތަމަ އަހަރު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
"މި އިއްޒަތްތެރި މަޖިލީހުން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ، މި ސަރުކާރުން އެކުލަވައިލި އެންމެ ފުރަތަމަ ބަޖެޓް. މިދިޔަ އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ތަންފީޒުކޮށްފައި ވާނީ، މި އިއްޒަތްތެރި މަޖިލީހުން ފާސްކުރި މިންވަރަށް އެންމެ ރުފިޔާއެއް ވެސް އިތުރުނުކޮށް." މުއިއްޒު ވިދާޅުވި އެވެ.
މިއީ ސަރުކާރުން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް، ފާޑުކިޔާ މީހުން ވަނީ ތަރައްގީއަށް ބަޖެޓު ކުރި ވަރުގެ ބޮޑު ބަޔެއް ހަރަދު ނުކުރި ސަބަބު އޮޅުންފިލުވައިދޭން ގޮވާލާފަ އެވެ.
Comment