Advertisement

މުއިއްޒުގެ ފަރާތުން އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ މޯދީއަށް

15 އޮގަސްޓު 2025 - 10:49 0


މުއިއްޒުގެ ފަރާތުން އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ މޯދީއަށް

15 އޮގަސްޓު 2025 - 10:49 0

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމޫއަށް ފޮނުއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުހަބާ އާއި ތަހުނިޔާ ދެންނެވުމަށްފަހު މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ އިތުބާރު ކުރެވޭ ތަރައްގީގެ ޕާޓްނަރެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާގެ އިސް އޮފިޝަލުން ރާއްޖެއަށް ވަޑައިގެން، ރާއްޖޭގެ އޮފިޝަލުން އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާތީ ޝުކުރުވެރިވާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންނާއި ދިވެހިންނާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މުއިއްޒު ވެރިކަން ހޯއްދެވީ އިންޑިއާއާމެދު ނަފުރަތު އުފައްދަން ހިންގި ދޮގު ކެމްޕެއިނެއްގެ ތެރެއިންނެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އިންޑިއާއާަ ފެޔަށްޖެހުމަށް މުއިއްޒު މަސައްކަތް ކުރި އެވެ. އަދި އެކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ.

ނަމަވެސް ރާއްޖޭގެ އިގްތިސާދު މެނޭޖު ނުކުރެވިގެން ދިމާވި މާލީ ދަތިތަކާހެދި އިންޑިއާއާ އަލުން ގުޅުން ބަދަހި ކުރަން މުއިއްޒަށް މަޖުބޫރުވި އެވެ. އޭގެ ފަހުން މުއިއްޒު ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ބޮޑުވަޒީރު މޯދީ ރާއްޖެ ގެންނަވައިފަ އެވެ.