15 އޮގަސްޓު 2025 - 06:14 0
15 އޮގަސްޓު 2025 - 06:14 0
މުމްބައި، އިންޑިއާ (އޮގަސްޓް 15) - އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން، އެ ގައުމަށް އުފަން ކޯޗު، ހާލިދު ޖާމިލްއާ ހަވާލުކުރަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ހަވާލުކުރުމުގެ ފަހަތުގައި ރަނގަޅު ނިޔަތެއް ނެތް ކަމަށް އިންޑިއާގެ ލެޖެންޑަރީ ތަރި، ބައިޗަން ބުޓިއާ ބުނެފި އެވެ.
އިންޑިއާގެ ކޯޗުކަމަށް އެ ގައުމުގެ ލީގުތަކުގައި މަސައްކަތްކޮށްފައިވާ ޖާމިލް ހަމަޖެއްސީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ބުޓިއާ ބުނީ، އިންޑިއާގެ ފުޓްބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލައިފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ކޯޗުކަން ޖާމިލް އަށް ދޭން ނިންމުމުން، އޭނާއާ މެދު ހިތާމަކުރާ ސަަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.
އެ ގޮތުން، އިންޑިއާ އަށް އެންމެ ފަހުން ކޯޗުކޮށްދިން ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އާއި ސްޕެއިނުގެ މަނޯލޯ މާކުއޭޒް އަށް އެ ޓީމުގައި ކަމެއް ހާސިލްނުކުރެވުނު ކަންކަމަށް ބަލާއިރު، ފުޓްބޯޅަ ފެޑެރޭޝަންގެ ނާގާބިލުކަން ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށް ބުޓިއާ ފާހަަގަކުރި އެވެ.
"އެހެންވީމަ، އަހަރެން މި ބުނަނީ، އޭއައިއެފްއެފް އިން އިންޑިއާ ކޯޗެއް މި ގެނައީ، ރަނގަޅު ބޭނުމެއްގައެއް ނޫނޭ. އެ މީހުން ދައްކާހާ ވާހަކައެއް ގަބޫލުކޮށްގެން ހުންނާނެ މީހެކޭ މި ހޯދީ. އެއީ، ކުރިން ތިބި ދެ ކޯޗުން ދިން ލަފަޔަކަށް ބެލުމެއް ނެތްކަން އެ ހުރީ ފެންނަން، ސްޓިމަކް އަކީ ކްރޮއޭޝިއާ އަށް ކޯޗުކޮށްދިން މޮޅު ކޯޗެއް، މަނޯލޯ (މާކުއޭޒް) އަކީ އިންޑިއާ ފުޓްބޯޅަ ދަންނަ މީހެއް، އެކަމަކު، މީގެއިން އެކަކު ވެސް އިންޑިއާ ޓީމުގައި ހަރެއް ނުލި، ސަބަބުތައް އެބަޖެހޭ ރަނގަޅު ވިސްނުމަކުން ބަލާލަން،" ބުޓިއާ ބުންޏެވެ.
"އިންޑިއާ ފުޓްބޯޅައިގައި ހިނގަނީ ސްކޭމަކަށް ފަހު ސްކޭމެއް،"
ބުޓިއާ އަންނަނީ ތަކުރާރުކޮށް، އިންޑިއާ ފުޓްބޯޅައިގެ ރައީސް ކަލްޔާން ޗޯބޭ އަށް ފާޑުކިޔަމުންނެވެ.
އިންޑިއާގެ ފުޓްބޯޅައިގެ މައި ލީގު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އެކި މައްސަަލަތަކާ ހެދި ނުފެށި ލަސްވަމުންދާއިރު، މި ކަމަށް ހައްލެއް ހޯދަން، ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ފިފްޕްރޯ އިން ވެސް ވަނީ ގޮވާލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment