Advertisement

ދިރާގުޕޭއަށް ރަޖިސްޓްރީ ކޮށްގެން 50،000ރ. ހޯދުމުގެ ފުރުސަތު

13 އޮގަސްޓު 2025 - 18:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގުޕޭއަށް ރަޖިސްޓްރީ ކޮށްގެން 50،000ރ. ހޯދުމުގެ ފުރުސަތު

13 އޮގަސްޓު 2025 - 18:09 0

ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް 50،000ރ. ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކުން މިއަދު ހުޅުވައިލައިފި އެވެ.

ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު 31، ގެ ނިޔަލަށެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.

ދިރާގުގެ ފިންޓެކުން އެ ޕްރޮމޯޝަނން ކުރިއަށްގެންދަނީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ.

ދިރާގު ފިންޓެކް އަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.