Advertisement

ބޫޓާންގެ ޕަރޯ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް

13 އޮގަސްޓު 2025 - 10:35 0


ބޫޓާންގެ ޕަރޯ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް

13 އޮގަސްޓު 2025 - 10:35 0

އޭއެފްސީގެ ތިން ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެލެންޖް ލީގުގެ ކޮލިފައިން އިން ކާމިޔާބު ހޯދައި، ބޫޓާންގެ ޗެމްޕިއަން، ޕަރޯ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

ޗެލެންޖް ލީގުގެ ކޮލިފައިންގައި، ޕަރޯ އިން ނުކުތީ އަފްގާނިސްތާންގެ ޗެމްޕިއަން، އަބޫ މުސްލިމްއާ ދެކޮޅަށެެވެ. ޕަރޯ އިން އެ މެޗު ކާމިޔާބުކުރީ، އިތުރު ވަގުުތުގެ ހަތަރު ވަނަ މިނިޓްގައި، އެވާން އަސާންޓޭ ޖެހި ގޯލުން 1-0 އިންނެވެ.

ބަޝުންދަރާ އިން ވަނީ، ސީރިއާގެ ލީގުގެ ދެ ވަނަ، އަލް - ކަރާމާ އަތުން 1-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ހަ ވަނަ މިނިޓްގައި، ބަޝުންދަރާ އަށް ކާމިޔާބުކޮށްދިނީ ސަންޑޭ އެމަނުއަލް އެވެ.

ޗެލެންޖް ލީގު ކޮލިފައިންގައި، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ކުވެއިތުގެ ޕްރިމިއާ ލީގުގެ ދެ ވަނަ ޓީމު، އަލް އަރާބި އަތުން މާލޭގައި، 4-0 އިން ބަލިވެފަ އެވެ. އަދި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވަނީ، ކިރްގިސްތާންގެ ކަޕް ޗެމްޕިއަން، މުރަސް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެފަ އެވެ.