Advertisement

މިދިޔަ 26 އަހަރު ތެރޭ މަސްވެރިކަން އެންމެ ދަށްވީ 2024 ގައި

13 އޮގަސްޓު 2025 - 10:32 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މަސް ދޯންޏަކުން މަސް ބާނަނީ: މަސްވެރިކަން ދަށްވެފައި މި ވަނީ މަސް ގަންނަ އަގު ސަރުކާރުން ކުޑަ ކުރި ފަހުން -- ފޮޓޯ: މިފްކޯ


މިދިޔަ 26 އަހަރު ތެރޭ މަސްވެރިކަން އެންމެ ދަށްވީ 2024 ގައި

13 އޮގަސްޓު 2025 - 10:32 1

މިދިޔަ 26 އަހަރު ތެރޭގައި މަސްވެރިކަން އެންމެ ދަށްވީ މިދިޔަ އަހަރު ކަމަށް ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 1998 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް ކޮންމެ އަހަރަކު އެވްރެޖުކޮށް 140،000 ޓަނުގެ މަސް ބޭނި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި 1998 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު މަސްވެރިކަން އެންމެ ބޮޑަށް ރަނގަޅުވެފައި ވަނީ 2005 ވަނަ އަހަރެވެ. އެ އަހަރު 185،000 ޓަނުގެ މަސް ބާނާފައިވެ އެވެ. އެއާ ޖެހިގެން 2006 ވަނަ އަހަރު 184،000 ޓަނުގެ ބަސް ބޭނި އެވެ. އެއީ މިދިޔަ 26 އަހަރުގެ ތެރޭގައި މަސްވެރިކަން ދެ ވަނައަށް އެންމެ ރަނގަޅު އަހަރެވެ.

މަސްވެރިކަން އިންތިހާއަށް ދަށްވެފައި މި ވަނީ މިފްކޯއަށް މަސް ގަންނަ އަގު ސަރުކާރުން ވަރަށް ބޮޑަށް ދަށް ކުރި ފަހުންނެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު، މަސް ކިލޯއެއްގެ އަގު އުޅުނީ 25ރ. ގަ އެވެ. އެކަމަކު ގަނޑުކުރި މަސް ކިލޯއެއް މިފްކޯއަށް މިހާރު ގަންނަނީ 16ރ. އަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

މަހުގެ އަގު ސަރުކާރުން ދަށް ކުރި ނަމަވެސް ކިލޯއެއް 20ރ. އިން މަތީގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" އޯގަސްޓު 19، 2023، ގައި މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

ކުށެއްގެ އިސްލާހު: އޯގަސްޓު 17، 2025


މިދިޔަ އަހަރުގެ މަސްވެރިކަމަށް ވުރެ މިއަހަރުގެ މަސްވެރިކަން ދަށް ކަމަށް މި ލިޔުމުގައި ކުރިން ލިޔެވިފައި ވަނީ މި ނޫހަށް ލިބުނު ހިސާބުތަކުގެ މައްސަލައަކުންނެވެ. ރަނގަޅު ގޮތަކީ، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މަސްވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ.