Advertisement

ގާނޫނަށް ގެނައި ބަދަލުތަކާއެކު ވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ދުންފަތުގެ މައްސަލަ ބޮޑު: ސާވޭ

13 އޮގަސްޓު 2025 - 08:03 1


ގާނޫނަށް ގެނައި ބަދަލުތަކާއެކު ވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ދުންފަތުގެ މައްސަލަ ބޮޑު: ސާވޭ

13 އޮގަސްޓު 2025 - 08:03 1

ވޭޕް މަނާ ކުރުމާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ތައާރަފު ކުރި ނަމަވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ދިވެހި ޒުވާނުންގެ މެދުގައި ދުންފަތުގެ މައްސަލަ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އުމުރުން 16 އަހަރާއި 20 އަހަރުގެ 200 ޒުވާނުންނާ ސުވާލު ކުރުމަށްފަހު ޔުނިސެފުން ޝާއިއު ކުރި އެ ސަވޭ އިން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރާ މާހައުލުތަކަށް ޒުވާނުން ހުށަހެޅޭ މިންވަރު އަދިވެސް އުޅެނީ ވަރަށް މަތީގަ އެވެ.

އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ ދުންފަތުގެ މާހައުލުތަކަށް އެންމެ ގިނައިން ހުށަހެޅެނީ އާއިލާގެ މެންބަރެއްގެ ފަރާތުން ނުވަތަ ރަހުމަތްތެރިންގެ ފަރާތުން ކަމަށްވާތީ އެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ވެސް ދުންފަތާ ގުޅޭ އެކި ކަންކަމަށް ޒުވާނުން ހުށަހެޅެ އެވެ.

ސާވޭގައި ބުނެފައި ވަނީ، ވޭޕް މަނާ ކުރުމާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ތައާރަފު ކުރި ނަމަވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ދުންފަތުގެ މައްސަލަ ދިވެހި ޒުވާނުންގެ މެދުގައި ބޮޑު ކަމަށެވެ.

އޭގެ މައިގަނޑު ސަބަބުތަކަކީ އެކުގައި އުޅޭ މީހުންގެ ފަރާތުން ދުންފަތް ބޭނުން ކުރަން ކުރިމަތިވާ ޕްރެޝަރާއި އިޖުތިމާއީ ގޮތުން ބަލައިގަނެވޭ މީހަކަށްވުމަށް ކުރާ މަސައްކަތުގެ ތެރެއިން ދުންފަތަށް ހުށަހެޅުމާއި ދުންފަތް ބޭނުން ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެންނަ ފެނުމެވެ.

"ދުންފަތާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭންގެ އެދެވޭ ނަތީޖާއެއް ފެންނާނީ، ޒުވާނުންގެ މެދުގައި ޕޮޒިޓިވް ބިހޭވިއާ ރިއެންފޯސް ކުރުމާއެކު ދުންފަތަށް ނޫނެކޭ ބުނަން އަމަލު ކުރަންވީ ގޮތާއި މީޑިއާގެ ޒަރިއްޔާއިން ފޯރާ އަސަރުތައް ކުޑަކުރުމާއި ސަޕޯޓިވް މާހައުލެއް ގާއިމް ކުރެވިގެން،" އެ ސާވޭގައި ބުނެފައިވެ އެވެ.

ސާވޭގައި އިތުރަށް ބުނަނީ، ދުންފަތުގެ ގެއްލުން އެނގުމުގެ އިތުރުން ދުންފަތާ ދުރުހެލިވުމަށް ދިވެހި ޒުވާނުންގެ އަޒުމު ވަރުގަދަ ކަމަށެވެ. އެކަމަކު، އެއާއެކު ދުންފަތާ ގުޅޭ ސިޔާސަތުތައް ޒުވާނުންނަށް އަމާޒުކޮށްގެން ބައްޓަން ކުރުން މުހިންމު ކަމަށެވެ.