Advertisement

ހުލާސާކޮށް އިއްޔެ: އަތޮޅު ކައުންސިލް އުވާލައި، އިތުރު ބާރު ޖަމާކުރަން ބިލެއް

12 އޮގަސްޓު 2025 - 06:14 0

ރައީސް މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: އަތޮޅު ކައުންސިލް އުވާލައި، އިތުރު ބާރު ޖަމާކުރަން ބިލެއް

12 އޮގަސްޓު 2025 - 06:14 0

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރު ބާރުތަކެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަން އެނގިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިފަދަ ބިލެއް ހުށަހަޅަން ތައްޔާރުވަމުން މި އަންނަނީ ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން މިދިޔަ ހަފްތާގައި މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނިކޮށެވެ.

އެ ބިލު ރައީސް މުހައްމަދު މުއިއްޒު އަދި ތަސްދީގު ނުކުރައްވާއިރު ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ. އެ ބިލު ތަސްދީގު ނުކުރައްވަނީ ކީއްވެގެން ކަމެއް މިހާތަނަށް ރައީސް ހާމަނުކުރައްވަ އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލް ކުރާ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީގެ މެންބަރުންތަކެއް ވަނީ އަތޮޅު ކައުންސިލްތައް އުވާލައި ދެން ހުރި ކައުންސިލްތަކުގެ އަތުގައި އޮތް އިތުރު ބާރުތަކެއް އަތުލަން އިތުރު ބިލެއް ހުށަހަޅާނެކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.

އެ ބިލުގެ މަސައްކަތްތައް ނިންމާލުމަށް މަޖިލީހުގެ ދެވަނަ ދައުރު ދަންމާލަން ނިންމާފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އޮގަސްޓު 15، ގައި މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެވަނަ ދައުރަށް އެއް ހަފްތާ އިތުރުކުރާނެ އެވެ.

އެންމެފަހުން ފާސްކުރި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދިނީ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ. ނަމަވެސް، އެ މުއްދަތުގައި ވެސް ބައެއް ޖަމިއްޔާތަކާއި ކައުންސިލްތަކާއި ޕާޓީތަކުން ބިލާ މެދު ދެކޭ ގޮތް މަޖިލީހާ ހިއްސާކުރި އެވެ. ގިނަ މީހުން އެދުނީ ބިލު އަނބުރާ ގެންދިޔުމަށެވެ.

އަތޮޅު ކައުންސިލްތަކަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބު ކަމަށްވާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ހަމަތައް ބަޔާންކުރާ ބާބުގެ ދަށުން އުފައްދާފައިވާ އިދާރާތަކެކެވެ. އަތޮޅު ކައުންސިލްގައި ހިމެނެނީ އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން އިންތިހާބުކުރާ އަތޮޅު ރައީސެއްގެ އިތުރުން އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުންނެވެ.

މިއަދުގެ މޫސުން

  • އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ.
  • ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް. އެހެން ހިސާޞުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލަށް. އަދި ވިލާގަނޑުގައި 35 މޭލަށް.
  • އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ
  • ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 6 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:47
  • އިރުއަރާ 06:02
  • މެންދުރު 12:15
  • އަޞްރު 15:30
  • މަޣްރިބް 18:21
  • ޢިޝާ 19:35

މުހިއްމު ބައެއް ހަބަރު