11 އޮގަސްޓު 2025 - 13:49 1
ލީވާން އަލީ ނާސިރު
11 އޮގަސްޓު 2025 - 13:49 1
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސައިބާ ސެކިއުރިޓީ ކައުންސިލްގެ އެހީގައި ހުޅުމާލޭގައި ގާއިމުކުރާ ފުލުހުންގެ ޑޭޓާ ސެންޓަރު އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ފުލުހުންގެ އެ ޑޭޓާ ސެންޓަރުން ޑޭޓާތައް އެނަލައިޒް ކުރަން ފަސޭހަތަކެއް ލިބޭނެ އެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ކުރިއަށްގެންދަން ފަސޭހަވެގެންދާނެ އެވެ. އެ ސެންޓަރު އަޅަން އެއްބަސްވެފައި ވަނީ މީގެ ދެ އަހަރު ކުރިން ޖުލައި، 2023، ގަ އެވެ.
"ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެއް. މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެ. އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ،" ފުލުހުން ބުންޏެވެ.
ޑޭޓާ ސެންޓަރު އަޅާނެ ބިން ވެސް ހަމަޖައްސާފައި ވަނީ 2023 ގެ ތެރޭގަ އެވެ. ހަމަ އެ އަހަރު، ޔޫއޭއީގެ ސައިބާސެކިއުރިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގެ ޕޮލިސް ކޮލެޖުގައި ވެސް އެކި ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ.
Comment