Advertisement

ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ކާރު ދުއްވި ޒުވާނާ ދޫކޮށްލިއިރު ލައިސަންސެއް ނެތް

11 އޮގަސްޓު 2025 - 10:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިކް ހައިޝަމް ހަސަން: އޭނާ ބަންދުން ދޫކޮށްލީ ޝަރުތު ކުރުމަށްފަހު -- ފޮޓޯ: ފުލުހުން


ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ކާރު ދުއްވި ޒުވާނާ ދޫކޮށްލިއިރު ލައިސަންސެއް ނެތް

11 އޮގަސްޓު 2025 - 10:23 0

ހުޅުމާލޭގައި ހޮނިހިރު ދުވަހުގެ ރޭ ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ކާރު ދުއްވި 18 އަހަރުގެ ޒުވާނާ ކޯޓުން ދޫކޮށްލިއިރު، އެ ޒުވާނާ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އައިކް ހައިޝަމް ހަސަން، 18 ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އައިކް ހައިޝަމް ހަސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ވަނީ ދޫކޮށްލާފައި. މި މައްސަލައިގައި ކާރު ދުއްވި މީހާ އަތުގައި ލައިސަންސެއް ނެތް،" ފުލުހުން ބުންޏެވެ.

ބާރު ސްޕީޑުގައި އައިކް ދުއްވި ކާރު މާޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އަދި 2 ގެ އެކި މަގުތަކުގައި ދުއްވި ކަމަށާއި، އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކާރުން ޖައްސައި ވައްޓައިލި ސައިކަލުގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން އައިކްއާއެކު ކާރުގައި އިން އަންހެން ކުއްޖަކު ވެސް ހައްޔަރުކުރި އެވެ. އޭނާ ބަންދަށް ނުގެންގޮސް ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.