Advertisement

ސުޖާއުގެ ޓެންޓުގެ މައްސަލަ ބޮޑުވެފައި އޮއްވައި އެޗްޑީސީ އިން ޓެންޓެއް ގަންނަނީ

11 އޮގަސްޓު 2025 - 09:09 2

ސުޖާއު ގެނެސްގެން އުޅޭ ބޮޑު ޓެންޓު: އެއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ޓެންޓު -- ފޮޓޯ: އަތޫފް އާތިފް / އަދަދު


ސުޖާއުގެ ޓެންޓުގެ މައްސަލަ ބޮޑުވެފައި އޮއްވައި އެޗްޑީސީ އިން ޓެންޓެއް ގަންނަނީ

11 އޮގަސްޓު 2025 - 09:09 2

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ކުންފުންޏަށް ގެނެސްގެން އުޅޭ ޓެންޓެއްގެ މައްސަލަ ބޮޑުވެފައި އޮއްވައި، ވަރަށް ބޮޑު ޓެންޓެއް ގަންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނެއްކޮށްފި އެވެ.

ސުޖާއުގެ ކުންފުނި އޮފިޝަލް އިވެންޓްސް އިން މިދިޔަ މެއި މަހު ސެންޓްރަލް ޕާކުގައި ޖެހުމަށްފަހު ރޭގެ ވަގުތެއްގައި އެތަނުން ނެގި ޓެންޓަކީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޓެންޓެވެ. ނަމަވެސް އެ ޓެންޓުގެ ސައިޒެއް ނޭނގެ އެވެ.

އެޗްޑީސީ އިން ޖުލައި 29، ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ގަންނަން ބޭނުންވަނީ 5750 އަކަފޫޓުގެ، 500 މީހުންގެ ޖާގައިގެ ބޮޑު ޓެންޓެއް ކަމަށެވެ. އެއަށްވުރެ ކުދި ބައެއް ޓެންޓު ވެސް ގަންނަން ބޭނުންވާ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އޭގެ އިތުރުން، ސެންޓްރަލް ޕާކުގައި ޖަހާނެ ޓެންޓެއް ހޯދަން ޓުއަރިޒަމް މިނިސްޓްރީ އިން ވެސް އިއްޔެ އިއުލާނެއް ކުރި އެވެ. އެ މިނިސްޓްރީ އިން ބުނެފައި ވަނީ ބޭނުންވަނީ 400 މީހުންގެ ޖާގައިގެ ބޮޑު ޓެންޓެއް ކަމަށެވެ.

ސުޖާއުގެ ޓެންޓު ރޭގެ ވަގުތެއްގައި ސެންޓްރަލް ޕާކުން ނެގީ އެ ޓެންޓު ނަގަން ދެ ފަހަރެއްގެ މަތިން އޭނާގެ ކުންފުންޏަށް އެޗްޑީސީ އިން އަންގާފައި އޮއްވަ އެވެ. ނަމަވެސް ޓެންޓު ގެންދާނެ ތަނެއް ނެތް ކަމަށް ބުނެ އޮފިޝަލް އިވެންޓްސް އިން ދިޔައީ ޓެންޓު ނަގަން ދެކޮޅު ހަދަމުންނެވެ.