Advertisement

ޔުނައިޓެޑްގައި ރޮނާލްޑޯ އަކީ މައްސަލަ އެއް ނޫން: ޓެން ހާގް

10 އޮގަސްޓު 2025 - 15:04 0


ޔުނައިޓެޑްގައި ރޮނާލްޑޯ އަކީ މައްސަލަ އެއް ނޫން: ޓެން ހާގް

10 އޮގަސްޓު 2025 - 15:04 0

ލަންޑަން (އޮގަސްޓް 10) - މެންޗެސްޓާ ޔުނައިޓެޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ހޭދަކުރި މަދު ދުވަސްތަކުގެ ތެރޭގައި އޭނާއާ ދެމެދު ޖެހުނީ މައްސަލަ އެއް ނޫން ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު، ނެދަލެންޑްސްގެ އެރިކް ޓެން ހާގް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވި ހިސާބުން ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުގެ ފުރުސަތު މަދުވި އެވެ. އެއާއެކު، ރޮނާލްޑޯ އާއި ޓެން ހާގް އާ މައްސަލަ ޖެހުނު ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އަދި، ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލުމުގެ ކުރިން ދިން އިންޓަވިއުގައި ޓެން ހާގް އަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހުރި، ޓެން ހާގް ބުނީ ރޮނާލްޑޯއާ ދެމެދު މައްސަލަ ނުޖެހޭ ކަމަށެވެ. އަދި ޔުނައިޓެޑްގެ މައްސަލަ އަކީ ރޮނާލްޑޯ ނޫން ކަމަށާއި، ހިނގާދިޔަ ކަމެއް އެ އޮތީ މާޒީގައި ކަމަށް ވެސް އަޔަކްސްގެ ކުރީގެ ކޯޗު ޓެން ހާގް ވަނީ ބުނެފަ އެވެ.


"އަހަންނަށް އޭނަ (ރޮނާލްޑޯ) އަކީ މައްސަލަ އެއް ނޫން. އޭނާ އަކީ އެއްވެސް އިރެއްގައި މައްސަލަ އެއް ނޫން. އަހަންނަށް ހީވަނީ ތިއީ މާޒީހެން" ޗެލްސީއާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން މެޗަށް ފަހު ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ ރޮނާލްޑޯ ނުލައި ޔުނައިޓެޑުން ދެ ތަށި ހޯދައިފައިވާނެ ކަމަށެވެ. އަދި، އަބަދު ވެސް ރޮނާލްޑޯ އަށް އިހުތިރާމް ކުރާ ކަމަށާއި، އެދެނީ ރޮނާލްޑޯ އަށް ކާމިޔާބު ކަމަށެވެ.

އޭނާ އަކީ ކޮންމެ ޓީމެއްގައި ވެސް ތަށި ހޯދައިފައިވާނެ ކޯޗެއް ކަމަށް ބުނެ، ޓެން ހާގް ވަނީ ލެވަކޫސަންގައި ވެސް އެކަން ތަކުރާރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބަޔާން މިއުނިކްގެ ކޯޗިން ޓީމުގައި ކުރިން މަސައްކަތްކުރި، ޓެން ހާގް ވަނީ އެނބުރި ޖަރުމަނު ލީގަށް އާދެވުމަކީ ވެސް ހިތްހަމަޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ.