Advertisement

މޫސަގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު

10 އޮގަސްޓު 2025 - 08:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޫސަގެ ހަށިގަނޑު އައިޖީއެމްއެޗްގައި: އޭނާގެ ޖަނާޒާ އޮތީ މާދަމާ މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާގައި -- ފޮޓޯ: އާއިލާ


މޫސަގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު

10 އޮގަސްޓު 2025 - 08:18 0

ލ. މާވަށުގައި ޖުލައި 28، ގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސްފި އެވެ.

އޭނާގެ އާއިލާއިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ މޫސަ ހަށިގަނޑު މާލެ ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގައި ކަމަށެވެ.

އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މަރާލިތާ ނުވަ ދުވަސް ފަހުން، އޮގަސްޓު 6 އެވެ. އޭނާ ވަޅުލަނީ މަރާލިތާ ޖުމްލަ 13 ދުވަސް ފަހުންނެވެ.

މޫސަގެ ހަށިގަނޑު އާއިލާއާ ހަވާލު ނުކޮށް އޮޓޮޕްސީ ހަދަން ފުލުހުން އުޅުމުން އެކަމާ އާއިލާއިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އެއްލާލާފައި އޮތީ އެރަށުގެ މޫދަށެވެ. އެ ވަޅި ފުލުހުން ވަނީ ހޯދައިފަ އެވެ.