Advertisement

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޔޫސުފް ކަޔާނާއި ޔަސީން އޭޝިއާ މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ އަށް

8 އޮގަސްޓު 2025 - 17:54 0


އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޔޫސުފް ކަޔާނާއި ޔަސީން އޭޝިއާ މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ އަށް

8 އޮގަސްޓު 2025 - 17:54 0

އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސާފިން މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ހުނަރުވެރި ދެ ސާފަރުން ކަމަށްވާ ޔޫސުފް ކަޔާން އާއި ޔަސީން ނާޝިދު ޖާގަ ހޯދައިފި އެވެ.

އެ ގޮތުން، 18 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގެ ތިން ވަނަ ބުރުގެ، ހީޓު ދޭއްގައި ވާދަކޮށް، ޔޫސުފް ކަޔާން ދިޔައީ ދެ ވަނަ އެވެ.

ހީޓު ދޭއްގެ އެއް ވަނަ ހޯދި، ޗައިނާގެ ޝުލޯ ޖިއާން އަށް ވަނީ 12.67 ޕޮއިންޓް ހޯދައިފަ އެވެ. އެއީ، ޖުމްލަ ހަތަރު ރާޅު އަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އެވެ. ދެ ވަނަ އަށް ދިޔަ ޔޫސުފް ކަޔާނަށް ތިން ރާޅު އެޅުނުއިރު، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއާ އެކު، 6.73 ޕޮއިންޓް ހޯދި އެވެ. އޭނާ ފަހަތުން ނިންމި، ތައިލެންޑުގެ ރާމިލް އަރޯމްޗުއެންގެ 6.57 ޕޮއިންޓް އޮތްއިރު، ހަތަރެއްގައި ނިންމި، ލޮކޭޝްގެ އޮތީ 6.13 ޕޮއިންޓެވެ.

ޔަސީން ވާދަކުރީ، ހީޓު ހައެއްގަ އެވެ. އޭނާ ވަނީ އެ ހީޓުގެ އެއް ވަނަ ހޯދައިފަ އެވެ. އެ ގޮތުން، ޔަސީން ވަނީ، ފަސް ރާޅު އަޅައި، ރަނގަޅު ދެ ރާޅުގެ ސްކޯއިން، 9.30 ޕޮއިންޓް ހަމަކޮށްފަ އެވެ. މި ހީޓުގެ ދެ ވަނަ އަށް ދިޔަ، މެލޭޝިއާގެ ލޫކަސް ސަންޓިއާގޯ އަށް 9.07 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި، ސިންގަޕޫރުގެ އައިޑިން ކަޔާނީ އަށް 4.46 ޕޮއިންޓް ލިބިފައިވެ އެވެ. ފުލަށް ދިޔަ، ލެބަނަންގެ ސާޖިދު އެލްހަޖުގެ ސްކޯ އަކީ، 3.84 ޕޮއިންޓެވެ.

ކުއާޓާ ފައިނަލުގައި، ޔޫސުފް ކަޔާން ހީޓު އެކެއްގައި ވާދަކުރާއިރު، ޔަސީން ފެނިގެންދާނީ ހީޓު ތިނެއްގަ އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ތިން ވަނަ ބުރުން ރާއްޖޭގެ ސީިނިއާ ފިރިހެން އެތުލީޓުންނަށް ވަނީ މުބާރާތް ނިމިފަ އެވެ.