Advertisement

އޭޝިއާ ސާފިން މުބާރާތުގެ ތިން ވަނަ ބުރުން ރާއްޖޭގެ އެތުލީޓުންނަށް ނާކާމިޔާބު

8 އޮގަސްޓު 2025 - 11:58 0


އޭޝިއާ ސާފިން މުބާރާތުގެ ތިން ވަނަ ބުރުން ރާއްޖޭގެ އެތުލީޓުންނަށް ނާކާމިޔާބު

8 އޮގަސްޓު 2025 - 11:58 0

އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ތިން ވަނަ ބުރުން ރާއްޖޭގެ ސީިނިއާ ފިރިހެން އެތުލީޓުންނަށް މުބާރާތް ނިމިއްޖެ އެވެ.

މި މުބާރާތުގެ ތިން ވަނަ ބުރުގެ ހީޓުތައް މިއަދު ކުރިއަށްދިޔައިރު، ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަކޮށްފައިވަނީ ހީޓު ދޭއްގަ އެވެ. މި ހީޓުގައި ދެން ވާދަކުރީ އިންޑޮނޭޝިއާގެ މެގާ އާތަނާ، އިންޑިއާގެ ރަމޭޝް ބުދިހަލް އަދި ޗައިނީސް ޓައިޕޭގެ ޖޮން ޖޮން ޗަން އެވެ.

މި ހީޓުގެ އެއް ވަނަ އަށްދިޔައީ އިންޑޮނޭޝިއާގެ މެގަ އާތަނާ އެވެ. އޭނާ އަށް 12.50 ގެ ސްކޯއެއް ލިބުނުއިރު، ދެ ވަނަ އަށްދިޔަ، ރަމޭޝް އަށް 11.00 ގެ ސްކޯއެއް ލިބުނެވެ. އަދި, ހީޓުގެ ތިން ވަނަ އަށް ދިޔައީ ޗައިނީސް ޓައިޕޭގެ ޖޮން އެވެ. އޭނާ އަށް 5.00 ގެ ސްކޯއެއް ލިބުނެވެ. ރާއްޖޭގެ ސްމައިލީ ހީޓުގެ ފުލަށް ދިޔައީ 3.44 ގެ ސްކޯއަކާއެކުގަ އެވެ.

ރާއްޖޭގެ ހޫދު ވާދަކުރީ ހަތަރު ވަނަ ހީޓުގަ އެވެ. އޭނާއާ, އެކު މި ހީޓުގައި ދެން ވާދަކުރީ ޗައިނާގެ ސިދޮންގް ވޫ، އިންޑޮނޭޝިއާގެ ޑެނީ ވިޑިއާންޓޯ، އަދި ލެބަނަންގެ ރަޔާން އެވެ.

މި ހީޓުގެ އެއް ވަނަ އަށް ދިޔައީ، ޗައިނާގެ ވޫ އެެވެ. އޭނާ އަށް 14.50 ގެ ސްކޯއެއް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ، ޑެނީ ވަނީ 11.34 ސްކޯކޮށްފަ އެވެ. ތިން ވަނަ އަށް ހޫދު ދިޔައީ 8.83 ގެ ސްކޯއަކާ އެކުގަ އެވެ.

ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރީ ހަ ވަނަ ހީޓުގަ އެވެ. އޭނާއާ އެކު މި ހީޓުގައި ދެން ވާދަކުރީ ފިލިޕީންސްގެ އެޑުވާޑޯ އަލްސިކޯ، ޗައިނާގެ ލިއު ޗެން އަދި ސިންގަޕޫރުގެ ޖޫލިއަން އެވެ.

ވާދަވެރިކޮށްދިޔަ މި ހީޓުގެ އެއް ވަނަ އެޑުވާޑޯ ހޯދީ 10.54 ސްކޯކޮށްގެންނެވެ. ދެ ވަނަ އަށް ދިޔަ، ލިއު ޗެން، 9.00 ސްކޯކުރިއިރު، އައްމަޑޭ އަށް ސްކޯކުރެވުނީ 8.93 އެވެ.