Advertisement

ޖިންސީ ގޯނާގެ ކުށުގައި ޖަލަށްލީ ކަމަށް އިނގިރޭސި ނޫސްތަކުން ބުނާ މީހާއަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން

7 އޮގަސްޓު 2025 - 21:27 1

ޖިންސީ ގޯނާގެ ތުހުމަތުގައި ޖަލަށްލީ ސުންދަރަލިންގަމް ކޫޑަލިންގަމް: ޑެއިލީ މެއިލް އިން ރިޕޯޓުކުރީ އޭނާ ޔޫކޭއަށް އައީ ރާއްޖެއިން ކަމަށް -- ފޮޓޯ: ޑެއިލީ މެއިލް


ޖިންސީ ގޯނާގެ ކުށުގައި ޖަލަށްލީ ކަމަށް އިނގިރޭސި ނޫސްތަކުން ބުނާ މީހާއަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން

7 އޮގަސްޓު 2025 - 21:27 1

ޒުވާން ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލީ މީހަކީ ރާއްޖެއިން އައި މީހެއް ކަަމަށް އިނގިރޭސި މީޑިއާއަކުން ރިޕޯޓު ކުރި ނަމަވެސް އެ މީހާއަކީ ދިވެއްސެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މި ހަބަރު ރިޕޯޓުކުރީ އިނގިރޭސި ޓެބްލޮއިޑް ނޫސް، ޑެއިލީ މެއިލްއިންނެވެ. އެ ނޫހުގެ ހަބަރުގައި އޮތީ ލަންޑަނުގެ ސޯހޯގެ މަސާޖު ޕާލާއެއްގެ ތެރޭގައި އެ ފިލްމީ ތަރިއަށް ޖިންސީ ގޯނާކުރީ 2021 ގައި ރާއްޖެއިން އެ ގައުމަށް އައި ސުންދަރަލިންގަމް ކޫޑަލިންގަމް، 36 ކަމަށެވެ. އޭނާއަކީ ދިވެއްސެއް ކަމަށް އެ ހަބަރުގައި ނެތެވެ.

މިއީ ސައްހަ ނޫން މައުލޫމާތު ކަމަށް ބުނެ އިމިގްރޭޝަނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ، އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އަދި މިފަދަ މައުލޫމާތު ނުފަތުރަން ވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ކުށުގައި ކޫޑަލިންގަމް ހަތަރު އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ. މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާގެ ނަން އޭނާގެ ހުއްދަ ނެތުމުން ހާމައެއް ނުކުރެ އެވެ.