Advertisement

ޓެރަރިސްޓް ހަމަލާތަކެއްގެ ނުރައްކާ އޮތުމުން އިންޑިއާގެ ހުރިހާ އެއާޕޯޓެއްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

7 އޮގަސްޓު 2025 - 12:48 0


ޓެރަރިސްޓް ހަމަލާތަކެއްގެ ނުރައްކާ އޮތުމުން އިންޑިއާގެ ހުރިހާ އެއާޕޯޓެއްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

7 އޮގަސްޓު 2025 - 12:48 0

ޓެރަރިސްޓް ހަމަލާތަކެއް ދިނުމުގެ ނުރައްކާ އޮތުމުން އިންޑިއާގެ ހުރިހާ އެއާޕޯޓެއްގެ ސަލާމަތީ ކަންކަން އެންމެ މަތީ ލެވެލަށް ހިއްލާލައިފި އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސެކިއުރިޓީ ވިންގުން މީގެ ދެ ދުވަސް ކުރިން ނެރުނު އިންޒާރުގައިވަނީ ހުރިހާ އެއާޕޯޓެއްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަންގާފަ އެވެ.

އެއާޕޯޓުތަކުގެ އިތުރުން އެއާ ސްޓްރިޕްތަކާއި، ހެލިޕެޑްތަކާއި، ފްލައިން ސްކޫލްތަކާއި ހުރިހާ ޓްރެއިނިން އިންސްޓިޓިއުޓެއްގެ ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އަންގާފަ އެވެ.

މި ހަމަލާތައް ދިނުމަށް ރާވަމުންދަނީ ސެޕްޓެމްބަރު 22 އާއި އޮކްޓޯބަރު 2 އާ ދެމެދު ކަމަށް އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް އިންޑިއާގެ އިދާރާތަކުން ބުނެ އެވެ.

ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތައް ހިމެނޭހެން ފްލައިޓަށް ކާގޯ އެރުވުމުގެ ކުރިން ސްކޭން ކުރުން އިތުރުކުރަން ވެސް ވަނީ ނިންމާފަ އެވެ.