Advertisement

ރައީސްގެ ގަރާރަކުން ރަންފަރު ފަޅު މާޅޮހަށް ދީފި

6 އޮގަސްޓު 2025 - 18:47 0

މާޅޮސް އަދި ރަންފަރު ފަޅު


ރައީސްގެ ގަރާރަކުން ރަންފަރު ފަޅު މާޅޮހަށް ދީފި

6 އޮގަސްޓު 2025 - 18:47 0

އއ. އަތޮޅުގައި އޮންނަ ރަންފަރު ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ކަނޑައަޅައިފި އެވެ.

ރަންފަރަކީ މާޅޮހާ ޖެހިގެން އޮންނަ ބޮޑު ފަޅެކެވެ. އެ ފަޅުގައި ގާތްގަނގަނޑަށް 30 ކިލޯމީޓަރު ހުރެ އެވެ. މާޅޮހުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އެއް ކިލޯމީޓަރެވެ.

ރަންފަރު ފަޅަކީ މާޅޮހުގެ ރައްޔިތުން މިހާރު ވެސް ބޭނުން ކުރަމުން އަންނަ ފަޅެކެވެ. އެގޮތުން ވެލި ނެގުން ފަދަ ކަންކަން އެ ފަޅުން ކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރަންފަރު ފަޅު މާޅޮހަށް ލިބުމުން އެތަނުގެ ނަފާ މާ ބޮޑަށް ނެގޭނެ ކަމަށް މާޅޮހުގެ ރައްޔިތުން ގަބޫލު ކުރެ އެވެ. އެކަމަކު ރަންފަރު ފަޅު ބޭނުން ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.

މާޅޮހަށް ރަންފަރު ފަޅު ދިން ސަބަބެއް ނޭނގެ އެވެ. ރަންފަރު ފަޅު ބޮޑަށް ކައިރީ އެ އަތޮޅު މަތިވެރިއާ އެވެ. މަތިވެރިޔާ ރަންފަރާ ދޭތެރޭ ހުންނަނީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރެވެ. މާޅޮހާއި ރަންފަރު ފަޅާ ދޭތެރޭގައި މަދުވެގެން ދެ ކިލޯމީޓަރު ހުރެ އެވެ.