Advertisement

އެޓަލަންޓާ އިން އަމަލުކުރަނީ ލުކްމަން ވެސް އެއްބަސްވި ޝަރުތުތަކަށް

5 އޮގަސްޓު 2025 - 08:42 0


އެޓަލަންޓާ އިން އަމަލުކުރަނީ ލުކްމަން ވެސް އެއްބަސްވި ޝަރުތުތަކަށް

5 އޮގަސްޓު 2025 - 08:42 0

ބެރްގާމޯ، އިޓަލީ (އޮގަސްޓް 5) - އިންޓަ މިލާނަށް ނައިޖީރިއާގެ ފޯވާޑް، އަޑެމޯލާ ލުކްމަން ވިއްކައިނުލައި، އެ ޓްރާންސްފާ ހުއްޓުވާފައިވަނީ، އޭނާ ވެސް އެއްބަސްވި ޝަރުތުތަކަކަށް އަމަލުކުރުމުގެ ގޮތުން ކަމަށް އެޓަލަންޓާ އިން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ލުކްމަން ދާދި ފަހުން މީޑިއާގައި ބުނެފައިވަނީ، އެޓަލަންޓާ އިން އިންޓަ އަށް އޭނާ ވިއްކައިނުލައި، އެ ޓްރާންސްފާ ހުއްޓުވައިފައި އޮތީ އުސޫލާ ހިލާފަށް ކަމަށެވެ. އެކަމަކު، އެޓަލަންޓާގެ ސީއީއޯ، ލޫކަ ޕެރްކާސީ ވަނީ މި ކަން ދިމާވެފައި އޮތް ގޮތް މީޑިއާ އަށް އޮޅުންފިލުވައިދީފަ އެވެ.

އެ ގޮތުން، ޕެރްކާސީ ވިދާޅުވީ، މިދިޔަ އަހަރު 20 މިލިއަން ޔޫރޯގެ ހުށަހެޅުމެއް، ޕީއެސްޖީން ލުކްމަން އަށް ލިބުމުން އޭނާ ވެސް އެ ޓްރާންސްފާ ކުރިއަށް ދިއުމަށް އެދުނު ކަމަށެވެ. އެކަމަކު، އެޓަލަންޓާ އިން ހުށަހެޅީ، މި ފަހަރުގެ ޓްރާންސްފާގައި ދެ ޝަރުތެއްގެ މަތިން، ލުކްމަން ދޫކޮށްލައިދޭނެ ކަމަށެވެ. އެއީ، ލުކްމަން އަށް ހުށަހަޅަނީ، ޔޫރަޕްގެ ބޮޑު ކްލަބަކަށް ވުމާއި، އެއީ އިޓަލީގެ ވާދަވެރި ވަރުގަދަ ކްލަބަކަށް ނުވުން ކަމުގައި ޝަރުތުކަނޑައަޅައި، ލުކްމަން ވެސް އެއްބަސްވެގެން ކަމަށް ޕެރްކާސީ ފާހަގަކުރެއްވި އެވެ.

"މިހާރު މި އޮތީ މުޅި ހާލަތު ބަދަލުވެފައި. އަހަރެމެން އެއްބަސްވެފައި އެބައޮތް، އެޓަލަންޓާ ނޫން އިޓަލީގެ ކްލަބެއްގެ ޖޯޒީގައި އޭނާ ނުފެންނާނެ ކަމަށް، އެކަމަކު، މިހާރު ދައްކަނީ އެހެން ވާހަކައެއް،" ޕެރްކާސީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި، ލުކްމަން ވަނީ ހެޓްރިކެއް ހަދައި، ބަޔާ ލެވަކޫސަން ބަލިކޮށް، އެޓަލަންޓާ އަށް އެ މުބާރާތުގެ ތަށި ހޯދައިދީފަ އެވެ. އަދި، އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލުކްމަން ވަނީ މިދިޔަ ދެ ސީޒަނަށް ބަލާއިރު ވެސް އެޓަލަންޓާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން، ފުލަމް އަދި ލެސްޓާ ސިޓީ އަށް ކުޅުނު ލުކްމަން، އެޓަލަންޓާ އަށް ސޮއިކުރީ، 2022 ވަނަ އަހަރު 18 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.