Advertisement

އެފްއައިޔޫ ރިޕޯޓު ލީކުވެފައި ވަނިކޮށް މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށް އެހެން ކޮމިޓީއަކަށް

4 އޮގަސްޓު 2025 - 09:25 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެފްއައިޔޫ ރިޕޯޓު ލީކުވެފައި ވަނިކޮށް މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށް އެހެން ކޮމިޓީއަކަށް

4 އޮގަސްޓު 2025 - 09:25 3

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވެފައި ވަނިކޮށް އޭނާ ހިމެނޭ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެހެން ކޮމިޓީއަކަށް ބަދަލުކޮށްފި އެވެ.

ޝުޖާއު އެ ކޮމިޓީން ބަދަލުކޮށްފައި މިވަނީ މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ހާޒިރު ކުރަން ތަވާލުކޮށްފައި އޮއްވަ އެވެ. އެ ބައްދަލުވުން އޮތީ މިއަދު 11:00 ގަ އެވެ.

ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ހަމަޖެއްސީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އެވެ. ޝުޖާއު ބަދަލުކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަކަށެވެ.

ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނީ އެ ރިޕޯޓު ސޯޝަލް މީޑިއާއަށް ލީކުކޮށްލުމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ތަހުގީގު ކުރަން ފެށި ތާރީހެއް އަދި މިހާތަނަށް އެޅި އެއްވެސް ފިޔަވަޅެއް ބުނެފައެއް ނުވެ އެވެ.

ޝުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.