Advertisement

ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

3 އޮގަސްޓު 2025 - 13:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބްލެކްމެއިލްކުރި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މުހައްމަދު ފަވާޒް ލުތުފީ -- ފޮޓޯ: ފުލުހުން


ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

3 އޮގަސްޓު 2025 - 13:41 0

ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ފިރިހެނެއް އަތުން ހޯދި މައްސަލައަކާ ގުޅިގެން އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބްލެކްމެއިލް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީ، 32 ކަމަށާއި އޭނާއަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ.

އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފަައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 19، 2024 ގަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ލުތުފީ ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރުމުގެ ކުށުގައި ހައްޔަރުކުރި އާމިނަތު ފައިނާޒް -- ފޮޓޯ: ފުލުހުން


އެތަން ބަލައި ފާސްކުރިއިރު މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް، 33 ހައްޔަރުކުރި ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.