Advertisement

ދިރާގުން ދެ ސްޕީޑް ބޯޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

3 އޮގަސްޓު 2025 - 12:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑް ބޯޓު" ޕްރޮމޯޝަން ފެށުން -- ފޮޓޯ: ދިރާގު


ދިރާގުން ދެ ސްޕީޑް ބޯޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

3 އޮގަސްޓު 2025 - 12:32 0

ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްގެން "އެންރޯލް އެންޑް ވިން 2 ސްޕީޑް ބޯޓު" ނަމުގައި ދެ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ އެ ސްޕީޑް ބޯޓުތަކުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ހުރެ އެވެ.

ދިރާގުން ބުނީ މިފަދަ ޕްރޮމޯޝަނެއް ފެށީ މިދިޔަ އަހަރުތަކުގައި "ވިން އަ ޓެސްލާ" އަދި "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ބެލައި އަގުހުރި އިނާމެއް ކަސްޓަމަރުންނަށް ދިނުމަށް ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރިޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑް ބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭ ދިރާގުގެ ކަސްޓަމަރުން:

  • ދިރާގު ޕްރީޕެއިޑް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން.
  • ދިރާގު ޕޯސްޓްޕެއިޑް 450ރ. ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް.
  • އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެން މަތިން ބިލް ދައްކާ ކަސްޓަމަރުންނަށް.
  • ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް.

މީގެ އިތުރުން ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް "އެންރޯލް އެންޑް ވިން 2 ސްޕީޑް ބޯޓު" ގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

އަންނަ އަހަރުގެ މާޗު 31، ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ދިރާގުގެ ކަސްޓަމަރުންނަށް އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ކުރީބައިގައި މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނާއި އަދި ދިރާގުޕޭއަށް ރެޖިސްޓަރީކުރާ ކަސްޓަމަރުންނަށް އިނާމް ހާސިލްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ އެންމެ ބޮޑު ބަޔަކީ ކަނޑު ކަމުގައިވާއިރު، މިއީ ހަމައެކަނި އަގު ހުރި އިނާމެއްގެ އިތުރުން އަޅުގަނޑުމެންގެ ދިރިއުޅުމާ ވެސް ގުޅިފައިވާ އިނާމެއް. އެހެންކަމުން، މިއީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް ކަސްޓަމަރުން ޝައުގުވެރިވާ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.