Advertisement

ހުލާސާކޮށް އިއްޔެ: ޕީއެންސީގެ އެކްޓިވިސްޓު ޝަހީދު ފަނޑިޔާރުކަމުގެ ހުވާ ކުރުން މިރޭ

3 އޮގަސްޓު 2025 - 06:28 0

ޝަހީދު އާއި ރައީސް މުހައްމަދު މުއިއްޒު: އޭނާއަކީ މިހާރު ވެސް ޕީއެންސީގެ މެންބަރެއް -- ފޮޓޯ: މިހާރު ނޫސް


ހުލާސާކޮށް އިއްޔެ: ޕީއެންސީގެ އެކްޓިވިސްޓު ޝަހީދު ފަނޑިޔާރުކަމުގެ ހުވާ ކުރުން މިރޭ

3 އޮގަސްޓު 2025 - 06:28 0

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އެކްޓިވިސްޓު ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ހައި ކޯޓަށް އައްޔަން ކުރުމަށްޓަކައި އޭނާއަށް ހުވައި ލައިދިނުމުގެ ޖަލްސާ މިރޭ އޮންނާނެ ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެ އަދި މިދިޔަ ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދު ހައި ކޯޓަށް އައްޔަން ކުރުމަށް މި މަސައްކަތް ކުރަނީ، އޭނާ އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓުގެ ވަގުތީ އަމުރަކަށް އެދިފައި އޮއްވަ އެވެ.

ނަމަވެސް ސިވިލް ކޯޓުން މިހާތަނަށް އެފަދަ އަމުރެއް ނެރެދީފައެއް ނުވެ އެވެ. އެ މައްސަލައިގައި އަމުރެއް ހޯދަން އެދުނީ ހައި ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ސ. މީދޫ، ހުދުވިލާގޭ، އަހުމަދު ނައުޝާދެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ފުރިހަމަނުވާ މީހެއްކަން ކަނޑައަޅައިދިނުމަށެވެ.

"ހައި ކޯޓަށް އައްޔަންކުރުމަށް ނިންމެވި މުހައްމަދު ޝަހީދަކީ މިހާތަނަށް ސިޔާސީ މަގާމެއްގައި ހުރި މީހެއްކަން އެ ނިންމުމަށް ބެލުމުން އެނގޭ. އެހެންކަމުން، ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރަކީ މަގާމަށް އެކަށީގެންވާ ސުލޫކާއި އަހުލާގު ހުރި ފަރާތެއް ނޫންކަން، އޭނާ ޕަބްލިކް މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވޭ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ޝަހީދުގެ ނަން މިހާރު ވެސް ޕީއެންސީގެ ދަފުތަރުގައި އެބަ އޮތެވެ. އެކަމަކު ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުހުރެވޭނެ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ މަގާމުތަކަށް އައްޔަން ކުރުމުންނެވެ.

މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.

މިއަދުގެ މޫސުން

  • ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ.
  • ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް. ވިލާގަނޑުގައި 45 މޭލަށް.
  • އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ.
  • ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 7 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:47
  • އިރުއަރާ 06:02
  • މެންދުރު 12:16
  • އަޞްރު 15:34
  • މަޣްރިބް 18:23
  • ޢިޝާ 19:38

މުހިއްމު ބައެއް ހަބަރު