Advertisement

ސައުދީގައި ކަދުރުން އުފައްދާ "މިލާފް ކޯލާ" ރާއްޖޭގެ މާކެޓަށް ނެރެފި

2 އޮގަސްޓު 2025 - 12:45 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސައުދީގައި ކަދުރުން އުފައްދާ "މިލާފް ކޯލާ" ރާއްޖޭގެ މާކެޓަށް ނެރެފި

2 އޮގަސްޓު 2025 - 12:45 2

ސައުދީ އަރަބިއްޔާގައި ކަދުރުން އުފައްދާ "މިލާފް ކޯލާ" ރާއްޖޭގެ މާކެޓަށް ރޭ ނެރެފި އެވެ.

ބޮޑުބެރާއި މިއުޒިކް ޝޯއަކާއެކު ހުޅުމާލޭގައި ބޭއްވި ހާއްސަ އިވެންޓެއްގައި މިލާފް ކޯލާ ރާއްޖޭގެ މާކެޓަށް ނެރުމުގެ ގޮތުން މިލާފް ކޯލާ ވަނީ އެކި މީހުންނަށް ހިލޭ ބަހައިފަ އެވެ.

މިލާފް ކޯލާ ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ ސްޓޭޑާޑް އެންޑް އޮރިޖިން އިން އަދަދު އަށް ބުނީ ސިއްހީ ގޮތުން މީހުން ހޭލުންތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ސިއްހީ ގޮތުން ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

"އޯލްޓަރނޭޓް ފިޒީ ޑްރިކްސްވެސް އެބަ ބޭނުންވޭ. ސިއްހީގޮތުން ބަލާ އެތައް ބަޔަކު އެބަ އުޅޭ،" ސްޓޭންޑާޑް އެންޑް އޮރިޖިންގެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

މިލާފް ކޯލާ އުފައްދަނީ ސައުދީ އިންވެސްޓްމަންޓް ފަންޑްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ތުރާތު އަލް މަދީނާ އިންނެވެ.

އެ ކޯލާގައި ހަކުރު އެކުލެވިގެންނުވާއިރު ފޮނި ރަހަ ގެނުވާފައިވަނީ ކަދުރުގެ ދިޔައިންނެވެ.