Advertisement

މެސީ، އޯލް ސްޓާ މެޗު ނުކުޅުނީ ވަރުބަލިވެފައި ހުރުމުން

2 އޮގަސްޓު 2025 - 07:05 1


މެސީ، އޯލް ސްޓާ މެޗު ނުކުޅުނީ ވަރުބަލިވެފައި ހުރުމުން

2 އޮގަސްޓު 2025 - 07:05 1

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 2) - ދާދި ފަހުން ކުރިއަށްދިޔަ، އެމްއެލްއެސް އޯލް ސްޓާސް އާއި ލީގާ އެމްއެކްސް އޯލް ސްޓާ މެޗުގައި، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ ނުކުޅުނީ، ވަރުބަލިވެފައި ހުރުމުން ކަމަށް ބުނެފި އެވެ.

މެސީ އާއި އިންޓަ މިއާމީގެ ސްޕެނިޝް ފުލްބެކް، ޖޯޑީ އަލްބާގެ ނަން އެމްއެލްއެސް އޯލްސްޓާސް ޓީމުގައި ހިމެނި ނަމަވެސް، އެ ދެ ކުޅުންތެރިން ބައިވެރިވެފައިނުވެ އެވެ. އެމްއެލްއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޯލް ސްޓާ މެޗަށް ނަގާފައިވާ ކުޅުންތެރިއަކު، އެމްއެލްއެސްގެ ހުއްދަ ނުހޯދައި، އެ މެޗު ނުކުޅެން ނިންމައިފިނަަމަ، އެ ކްލަބުން ދެން އެންމެ އަވަހަށް ކުޅޭ މެޗެއްގައި އެ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށެވެ. އެ ގޮތަށް ބަލައި، މި ގަވާއިދުގެ ދަށުން، މެސީ އާއި އަލްބާ ވަނީ އިންޓަ މިއާމީން ސިންސިނާޓީއާ ކުޅުނު މެޗަށް ސަސްޕެންޑްވެފަ އެވެ.

ސަސްޕެންޝަނުން އެނބުރި އައި މެޗުގައި، ލީގު ކަޕްގައި، 2-1 އިން މެކްސިކޯގެ އެޓްލަސް އަތުން މޮޅުވިއިރު، މެސީ ވަނީ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެ މެޗަށް ފަހު މެސީ ބުނީ، އަބަދުވެސް ވާދަވެރި މެޗުތަކަށް ތައްޔާރުވުމުގައި އޭނާ ވިސްނުންތެރިކަމާ އެކު ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި، އޯލް ސްޓާ މެޗުގައި ނުކުޅެވުނީ، ވަރުބަލިކަމުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން، މެޗެއްގައި ނުކުޅެ ހުންނަން ޖެހުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށް މެސީ ވަނީ ބުނެފަ އެވެ.

އެމްއެލްއެސްގެ މެނޭޖްމަންޓުން އޭނާ އަށް ދިން ސަސްޕެންޝަނުގައި އެންމެ ރަނގަޅަށް ކަންތައް ކުރި ކަމަށް ނުބެލެވޭ ކަމަށް ވެސް މެސީ ވަނީ ބުނެފަ އެވެ.