Advertisement

އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ލިބެނީ އެޕޮއިންޓްމަންޓު ވެސް ދައްކައިގެން

1 އޮގަސްޓު 2025 - 11:31 6

ބީއެމްއެލް ޑޮލަރު އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ: ބީއެމްއެލްއިން ޑޮލަރު އެކައުންޓަށް ވެސް ޖަމާކޮށްދޭ -- ފޮޓޯ: ބީއެމްއެލް


އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ލިބެނީ އެޕޮއިންޓްމަންޓު ވެސް ދައްކައިގެން

1 އޮގަސްޓު 2025 - 11:31 6

ބޭރު ގައުމުތަކަށް އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ސަޕޯޓުގެ ގޮތުގައި 1000 ޑޮލަރު ދެނީ ފަރުވާ ހޯދާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓު ހަދާފައި އެ ވެސް ހުށަހެޅުމުން ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން މި ގޮތަށް ކަނޑައެޅީ ބޭރު ގައުމުތަކުން ބޭސް ފަރުވާ ހޯދާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން، އެ ބޭންކުން ޑޮލަރު ދޫކުރަން ކަނޑައެޅި އުސޫލުތައް އާންމުކުރަމުންނެވެ.

މުއިއްޒުގެ އެންގެވުމުގެ ދަށުން ބީއެމްއެލްއިން ވަނީ އާސަންދައިގެ ހަރަދުގައި ބޭސްފަރުވާއަށް ފުރާ މީހުންނަށާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު 2000 ޑޮލަރަށް ބޮޑުކޮށް، އަމިއްލަ ހަރަދުގައި ދާ މީހުންނަށް 1000 ޑޮލަރު މިއަދުން ފެށިގެން ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ.

އާސަންދަ އާއި އެންސްޕާގެ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ މީހުން ޑޮލަރު ހޯދަން ހުށަހަޅަން ޖެހެނީ އާސަންދަ ނޫނީ އެންސްޕާގެ އެޕްރޫވަލް ލިޔުމާއި ބަލި މީހާ އާއި އެހީތެރިޔާގެ ޕާސްޕޯޓު ކޮޕީއަކާއި ޓިކެޓު ކޮޕީއެކެވެ.

ބޭސްފަރުވާއަށް ފުރާ މީހުންނަށް ލިބޭ ޑޮލަރު އިތުރުކުރުމާ ގުޅިގެން ބީއެމްއެލްއިން ކުރި ޕޯސްޓު


ނަމަވެސް އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ މީހުން، ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ލަފާ ދީފައިވާ ލިޔުމާއި އޭނާގެ މެޑިކަލް ހިސްޓްރީ އެނގޭނެ ލިޔުންތަކާއި ބޭރުން ފަރުވާ ހޯދާ ޑޮކްޓަރާ އެކީ އެޕޮއިންޓްމަންޓް ޔަގީންވެފައިވާ ކަމުގެ ލިޔުމެއް ވެސް، ޓިކެޓާއި ޕާސްޕޯޓާ އެކީ ހުށަހަޅަން ޖެހެ އެވެ. ބެލެވޭ ގޮތުގައި މިއީ ބޭސް ފަރުވާއަށް ކަމަށް ބުނެ ލިޔުން ހުށަހަޅައިގެން ޑޮލަރު ހޯދުން ހުއްޓުވަން ބޭންކުން އެޅި ފިޔަވަޅެކެވެ.

ބީއެމްއެލްއިން ވަނީ އެންސްޕާގެ އެހީގައި ފުރާ މީހުންނަށް 2000 ޑޮލަރަށް ވުރެ އިތުރަށް ބޭނުންވާ ހާލަތުގައި، ޓެލެގްރާފް ޓްރާންސް (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. މި ހިދުމަތް ހޯދަން ހުށަހަޅަން ޖެހެނީ އެންސްޕާއިން ހުއްދަ ދިން ކަމުގެ ލިޔުމާއި ބޭސް ފަރުވާ ހޯދާތަނުގެ އިންވޮއިސް އެވެ.

މިއަދުން ފެށިގެން ބޭސް ފަރުވާއަށް ފުރާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވާއިރު، ޑޮލަރު ތާށިކަމުގެ މައްސަލަ އަދި ވެސް ބޮޑެވެ.

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އިން މަތީގައި ހުރިއިރު، މިކަމަށް ލުޔެއް ދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭންކުތަކުން ދޭ ޑޮލަރު ސަޕޯޓު އެމްއެމްއޭއިން އިތުރުކޮށްގެން ވެސް ލުޔެއް ނުލިބޭ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ. މިއާ އެކީގައި ބާޒާރުގައި ތަކެތީގެ އަގުތައް އަންނަނީ އުފުލެމުންނެވެ.